ކ. މާލެ
|
3 ޑިސެންބަރ 2017 | އާދީއްތަ 23:17
ކަލާ ރަން ލޯންޗް ކުރުމުގެ ތެރެއިން
ކަލާ ރަން ލޯންޗް ކުރުމުގެ ތެރެއިން
އުރީދޫ
އުރީދޫ ކަލާ ރަން
އުރީދޫ "ކަލާ ރަން" މި މަހުގެ 8 ވަނަ ދުވަހު
 
ކޮންމެ އަހަރަކު ވެސް ކަލާ ރަންގެ އޮފިޝަލް ޗެރިޓީ ޕާޓްނަރެއް ހޮވާނެ
 
މިދިޔަ ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސަރާއާ ގުޅިގެން މި އިވެންޓް ފަސްކުރި

މޫސުން ގޯސްވުމުގެ ސަބަބުން ލަސްކުރި އުރީދޫ "ކަލާ ރަން" މި މަހުގެ 8 ވަނަ ދުވަހު އޮންނާނެ ކަމަށް އުރީދޫއިން ބުނެފިއެވެ.

މިދިޔަ ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސަރާއާ ގުޅިގެން ފަސްކުރެވުނު މި އިވެންޓް ކުރިން ބޭއްވުމަށް ހަމަޖައްސާފައި އޮތީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުއެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުން ފަށަން ހަމަޖެހިފައި އޮތް މި ދުވުމުގައި ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

އުރީދޫގެ ފަރާތުން ވަނީ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް މި އިވެންޓްގެ އޮފިޝަލް ޓީޝާޓާއި އެހެނިހެން ހަދިޔާތައް ހިމެނޭ ކިޓެއް ވެސް ދޫކޮށްފައެވެ. މި ދުވުމަކީ އެ ކުންފުނިން ޔުނިކް ސްޕޯޓްސްއާ ގުޅިގެން ބާއްވާ ދުވުމަކަށްވާއިރު އުރީދޫއިން ބުނެފައި ވަނީ މި ދުވުން ވެގެންދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ކުލަގަދަ ދުވުމަށް ކަމަށެވެ.

އުރީދޫން ބުނީ، ކޮންމެ އަހަރަކު ވެސް ކަލާ ރަންގެ އޮފިޝަލް ޗެރިޓީ ޕާޓްނަރެއް ހޮވައި، މި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ފައިސާގެ ވަކި ޕަސެންޓެއް އެ ފަރާތަށް ހަދިޔާ ކުރާނެ ކަމަށެވެ. އަދި އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ދުވުމާ ބެހޭ ގޮތުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، މީގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. އަދި ތަފާތު ހަރަކާތްތަކެއް ހިމެނޭ، ފަސް ކިލޯމީޓަރުގެ މި ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވެ ގުޅުން ބަދަހިކޮށްލަން ލިބޭ ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

އުރީދޫ ކަލާ ރަންގައި ކޮންމެ ކިލޯމީޓަރަކަށް ދުވެ ނިމުމުން، ބަހައްޓާފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނުވަތަ ނަށަމުން ވިޔަސް ރޭސް ނިންމިދާނެ އެވެ.

މި ދުވުމުގައި ހަތް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، އެއްވެސް ފީއަކާ ނުލައި ބައިވެރިވުމުގެ ފުރުސަތު އުރީދޫއިން ހުޅުވައިލިއެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް