ކ. މާލެ
|
3 ޑިސެންބަރ 2017 | އާދީއްތަ 20:33
ރޭ ބަޔާން އަދި ހެނޯވާ ބައްދަލުކުރި މެޗުގެ ތެރެއިން
ރޭ ބަޔާން އަދި ހެނޯވާ ބައްދަލުކުރި މެޗުގެ ތެރެއިން
ގޫގުލް
ުކުޅިވަރު
ލީގުގެ އެއްވަނައިގައި އޮތް ބަޔާން އަށް ހަ ޕޮއިންޓްގެ ލީޑެއް
 
ބަޔާން މޮޅުވީ 1-3 އިން

ޖަރުމަން ބުންޑެސްލީގާގައި ރޭ ހެނޯވާއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާ އެކު ކާމިޔާބުކޮށް ބަޔާން މިޔުނިކުން ހަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރޭ ކުޅުނު މެޗުން ބަޔާން މޮޅުވީ 1-3 އިންނެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 17 ވަނަ މިނެޓްގައި އާޓޫރޯ ވިޑާލް ވަނީ ލަނޑެއް ޖަހައި ބަޔާން އަށް މެޗުގެ ލީޑު ނަގައިދީފައެވެ. މެޗުގެ 28 ވަނަ މިނެޓްގައި ހެނޯވާ އަށް ވަނީ ނަތީޖާ އެއްވަރުކުރަން ޕެނަލްޓީއެއް ލިބިފައެވެ. އެހެން ނަމަވެސް ހެނޯވާގެ  ނިކޮލަސް ފޮނުވައިލި އެ ޕެނަލްޓީ ބަޔާންގެ ކީޕަރު އުލްރައިޗް ވަނީ ދިފާއުކޮށްފައެވެ.

ޕެނަލްޓީ ކާމިޔާބު ނުކުރެވުނު ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ 38 ވަނަ މިނެޓުގައި ހެނޯވާއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޗާލިސަން ބެންޝޮޕްއެެވެ.

ދެ ޓީމް ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 67 ވަނަ މިނެޓްގައި ކިންގްސްލީ ކޯމަން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް ބަޔާން އަށް ލީޑް ނަގައިދީފައެވެ. އަދި މި މެޗުން ބަޔާން އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ޖަހައިދިނީ މެޗްގެ 87 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ލެވެންޑޯސްކީއެވެ. މިއީ މި ސީޒަނުގައި ލެވެންޑޯސްކީ ކާމިޔާބުކުރި 19 ވަނަ ލަނޑެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ބަޔާން އޮތީ 32 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި 26 ޕޮއިންޓާ އެކު ރެޑްބުލް ލީޕްޒިގް އޮތްއިރު 25 ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގައި އޮތީ ޝާލްކޭއެވެ.

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް