ކ. މާލެ
|
2 ޑިސެންބަރ 2017 | ހޮނިހިރު 13:55
ބެންޒެމާ
ބެންޒެމާ
ގެޓީ އިމޭޖަސް
ރެއާލް މެޑްރިޑް
ރެއާލް ދޫކޮށް ދާކަށް ނުވިސްނަން: ބެންޒެމާ
 
މީޑިއާތަކުގައި ފަތުރަމުން އަންނަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ކަރީމް ބެންޒެމާ ވަނީ ބުނެފައި

ރެއާލް މެޑްރިޑް ދޫކޮށް އެހެން ކުލަބަކަށް ބަދަލުވާން އުޅޭ ކަމަށް ބުނެ، މީޑިއާތަކުގައި ފަތުރަމުން އަންނަ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާ ބުނެފި އެވެ. "ރެއާލް ދޫކޮށް އިތުރު ކުލަބަކަށް ދާކަށް ނޫޅެން. އަހަރެން ރެއާލް ދޫކޮށް ދާން އުޅޭކަމަށް ބުނެ މީޑިއާގައި ފަތުރަމުން އަންނަ ވާހަކަ ތަކަކީ ދޮގެއް"، 2009 ވަނަ އަހަރު ރެއާލްއާއި ގުޅުނު ބެންޒެމާ ބުންޏެވެ.

ބެންޒެމާ ބުނީ، ރެއާލްގައި ހުރީ އުފަލުން ކަމަށާއި އަދި ރެއާލް އަށް ކާމިޔާބު ހޯދަދައިދޭން މިއަހަރުވެސް ކުރެވުނުހާ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި ރެއާލްގެ ސަޕޯޓަރުން ދުވަހަކުވެސް ހިތުން ނުފިލާނެ ކަމަށާއި "ސަޕޯޓަރުންނާ އަހަރެންނާ ޖައްސަން ބަޔަކު މަސައްކަތް ކުރިއަސް އެކަން ކާމިޔާބު ނުވާނެ" ކަމަށް ބެންޒެމާ ބުންޏެވެ.


"އަހަރެންގެ ސަޕޯޓަރުންނަށް ފާޑުފާޑުގެ އެއްޗެހި ވިސްނައިދޭން މަސައްކަތްކުރާ މީހުންނަށް، ބުނެލަން އޮތީ ރެއާލް މެޑްރިޑަކީ އަހަރެންގެ ގެއޭ." ބެންޒެމާ ބުންޏެވެ.

ބެންޒެމާ ރެއާލް ދޫކޮށްލަން އުޅޭކަމުގެ އަޑުތަށް މީޑިއާގައި ފެތުރިފައިވާއިރު، އޭނާ ހޯދުމަށް އާސެނަލްއިން ދަނީ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އަންނަ ޖެނުއަރީ ޓްރާންސްފަރގައި ބެންޒެމާއަށް ބިޑުކުރުމަށް އާސެނަލްއިން ތައްޔާރު ވަމުން އަންނަކަމަށްވެސް މީޑިއާގައި ދަނީ އަޑުފެތުރެމުންނެވެ.

2009 ވަނަ އަހަރު ރެއާލްއާއި ގުޅުނު ބެންޒެމާ ވަނީ މިހާތަނަށް އެޓީމަށް 254 މެޗު ކުޅެދީ 124 ގޯލް ޖަހައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި