ކ. މާލެ
|
2 ޑިސެންބަރ 2017 | ހޮނިހިރު 09:16
އުރީދޫ ކަލާރަން ލޯންޗުކުރި ރަސްމިއްޔާތުގެ ތެރެއިން
އުރީދޫ ކަލާރަން ލޯންޗުކުރި ރަސްމިއްޔާތުގެ ތެރެއިން
ރިޒްނާ ޒަރީރު
"ކަލާ ރަން" 2017
"ކަލާ ރަން" 2017: މޫސުން ގޯސްވުމުން ފަސްކޮށްފި
 
ކަލާ ރަން ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރެވޭނެ

އުރީދޫ އިން އިންތިޒާމު ކޮށްގެން ބާއްވަން ހަމަޖެހިފައިވާ "ކަލާ ރަން" ފަސްކޮށްފިއެވެ.

އުރީދޫ އިން ބުނީ މޫސުން ގޯސްވުމާ ގުޅިގެން ކަލާ ރަން ފަސްކުރެވިފައިވާ ކަމަށާއި، މި ދުވުން ދެން އޮންނާނެ ދުވަހެއް ކުރިޔަށް އޮތް ދުވަސްތަކުގައި އިއުލާންކުރާނެ ކަމަށެވެ.

ޔުނިކްސް ސްޕޯޓްސްއާ ގުޅިގެން އުރީދޫ އިން ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ކަލާރަން ފަސްކޮށްފައިވާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ގިނަ އިވެންޓްތައް ދަނީ ފަސްކުރެވެމުންނެވެ.

މި ދުވުމާ ބެހޭގޮތުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، މީގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. އަދި ތަފާތު ހަރަކާތްތަކެއް ހިމެނޭ، ފަސް ކިލޯމީޓަރުގެ މި ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވެ ގުޅުން ބަދަހިކޮށްލަން ލިބޭ ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.

އުރީދޫ ކަލާ ރަންގައި ކޮންމެ ކިލޯމީޓަރަކަށް ދުވެ ނިމުމުން، ބަހައްޓާފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނުވަތަ ނަށަމުން ވިޔަސް ރޭސް ނިންމިދާނެ އެވެ.

ހަތް އަހަރުން މަތީގެ ހުރިހާ އެންމެންނަށް ވެސް، އެއްވެސް ފީއަކާ ނުލާ މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ކަލާ ރަންގެ އޮފިޝަލް ޓީޝާޓާއި އެހެނިހެން ހަދިޔާތައް ހިމެނޭ ކިޓެއް ވެސް މިހާރު ގަންނަން ލިބޭނެ އެވެ.

އުރީދޫން ބުނީ، ކޮންމެ އަހަރަކު ވެސް ކަލާ ރަންގެ އޮފިޝަލް ޗެރިޓީ ޕާޓްނަރެއް ހޮވައި، މި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ވަކި ފައިސާގެ ވަކި ޕަސެންޓެއް އެ ފަރާތަށް ހަދިޔާ ކުރާނެ ކަމަށެވެ. އަދި އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ބުންޏެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
100%
0%
0%
0%
ކޮމެންޓް