ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 19:20
ކޮފީ: ބަހުސް ބޮޑު ބުއިމެއް
ކޮފީ: ބަހުސް ބޮޑު ބުއިމެއް
ބިޒްނަސް އިންސައިޑަރ
ކޮފީ
ކޮފީއާއި މެދު ކުރާ ބަހުސް ހުއްޓާލާ، ދުވާލަކު 3 ނުވަތަ 4 ތަށި ބޯލީމަ ރަނގަޅުވާނެ!
 
މި ދިރާސާ ހަދާފައިވަނީ މީގެ ކުރިން ހަދާފައިވާ 200އަށްވުރެ ގިނަ ދިރާސާގެ މައުލޫމާތު ބޭނުންކޮށްގެން

ކޮފީއާއި ޗޮކްލެޓަކީ ކާބޯތަކެތީގެ ތެރެއިން އޭގެ ފައިދާއާއި ގެއްލުމާއި ބެހޭ ގޮތުން އެންމެ ގިނައިން ބަހުސް ކުރެވޭ ތަކެއްޗެވެ. މިފަހަރު މިއޮތީ ކޮފީގެ ވާހަކައެވެ. އިތުބާރު ހިފޭ ދިރާސާއެއްގެ ވާހަކައެވެ.

އިނގިރޭސިވިލާތުގެ ސަދަމްޓަމް ޔުނިވަރސިޓީގެ ދިރާސާއަކުން، ދުވާލަކު 3 ނުވަތަ 4 ކޮފީތަށި ބުއިމަކީ ހަށިގަނޑަށް ފައިދާހުރި ކަމެކެވެ. މީގެ ކުރިން ކޮފީއާއި ބެހޭ ގޮތުން އާއްމު ކޮށްފައިވާ 200 ވަރަކަށް ދިރާސާގެ އަލީގައި އަލަށް ހެދި ދިރާސާއިން ދައްކާ ގޮތުގައި ދުވާލަކު 3 ނުވަތަ 45 ތަށި ކޮފީ ބުއިމުން ހަކުރު ބައްޔާއި، ފުރަމޭގެ ބަލިތަކުގެ އިތުރުން ހަނދާން ނެތުމުގެ ބަލިން ދުރުކޮށްދެއެވެ. އެހެން ނަމަވެސް މީގެ ތެރޭގައި މާބަނޑު އަންހެނުންނާއި، ކަށި ބަލިކަށި މީހުން ނުހިމެއެވެ. އެމީހުން ރަނގަޅީ ކޮފީއާއި ދުރުވުމެވެ. މިދިރާސާ ކުރުމަށް މީގެ ކުރީގައި ހަދާފައިވާ 'އޮބްޒަވޭޝަނަލް ރިސަރޗް'ގެ 201 ދިރާސާއާއި 'ކްލިނިކަލް ރިސަރޗް'ގެ 17 ދިރާގައިވާ މައުލޫމާތު ބޭނުން ކުރެވުނެވެ. ބްރިޓިޝް މެޑިކަލް ޖާނަލްގައި ބުދަ ދުވަހު ޝާއިއު ކޮށްފައިވާ މިކަމާއި ގުޅޭ ރިޕޯޓްގައި ބުނެފައިވަނީ އާއްމު މިންވަރަކަށް ކޮފީ ބުއިމަކީ ގިނަ ބަލިތަކަކުން ދުރުކޮށްދޭ ކަމެއް ކަމަށެވެ. ގިނަ ބާވަތްތަކެއްގެ ކެންސަރުން ދުރުހެލިވުމަށް ވެސް ކޮފީ އެހީތެރިވެދޭ ކަމަށް ކުރީގެ ދިރާސާތަކުން ވެސް ދައްކާއިރު، މި ދިރާސާއިން އެކަން އިތުރަށް ކަށަވަރު ކޮށްދެއެވެ.

ދުވާލަކު 3 ނުވަތަ 4 ތަށްޓަށް ވުރެ ގިނައިން ކޮފީ ބޮއެފިނަމަވެސް އެއިން ލިބޭނެ މާބޮޑެތި ގެއްލުންތަކެއް މިރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް، އޭގެ މާގިނައިން ކޮފީ ބޮއެފިނަމަ އޭގެ ސަބަބުން ލިބޭ ފައިދާތައް މަދުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް
27 ނޮވެންބަރ 2017 | ހޯމަ 07:01
45
45 ތަށި ކޮފީ