ކ. މާލެ
|
6 ނޮވެންބަރ 2017 | ހޯމަ 08:05
ދުޅަހެޔޮ ސިއްޚަތެއްގައި ހުރުމަށް ފައިދާހުރި ކާނާ ކާން އާދަކުރަންޖެހޭ
ދުޅަހެޔޮ ސިއްޚަތެއްގައި ހުރުމަށް ފައިދާހުރި ކާނާ ކާން އާދަކުރަންޖެހޭ
ގޫގުލް
އަންހެނުން
އަންހެނުންނަށް ހާއްސަ: ހަށިގަނޑާއި، ހިތާއި، ސިކުނޑީގެ ދުޅަހެޔޮކަން
 
ހާސްވެ ކަނބޮޑުވުމަކީ، ހަށިގަނޑަށް ވަރަށް ގެއްލުން ހުރި ކަމެއް
 
ގިނައިން މޭވާއާއި ތަރުކާރީ ކެއުމަށް އާދަކުރޭ
 
ސިއްހީގޮތުން ފިޓް މީހަކަށް ވުމަށް މިހާރު ތިޔަ ގެންގުޅޭ ލައިފް ސްޓައިލް މުޅިން ބަދަލުކޮށްލާ

ސިއްޚީ ގޮތުން ދުޅަހެއުކޮށް ހުންނަން ބޭނުން ނުވާނީ ކާކުތޯއެވެ؟ ހަށިގަނޑު ރީތިކޮށް އަދި ޒުވާންކޮށް ހުންނަން އެންމެންވެސް ބޭނުންވާނެއެވެ. ޚާއްސަކޮަށް އަންހެނުންނެވެ.

 

އަންހެނުންނަކީ އުފެދުމުގައިވެސް ފިރިހެނުންނަށްވުރެ ސިއްހީގޮތުން ނާޒުކު ބައެކެވެ. އެހެންކަމުން ސިއްހަތަށް ބެލުމަކި ކޮންމެހެންވެސް މުހިއްމުކަމެކެވެ. ސިއްހީގޮތުން ދުޅަހެއުކަންމަތީ ހުރުމަކީ މާ ބުރަކަމެއްކަމުގައި ނުދެކޭށެވެ. އަމިއްލަ ނަފްސަަށް އިތުބާރުކޮށް، ވަރުގަދަ އަޒުމެއްގައި ދެމި ހުންނާށެވެ.

 

ސިއްހީގޮތުން ފިޓް މީހަކަށް ވުމަށް މިހާރު ތިޔަ ގެންގުޅޭ ލައިފް ސްޓައިލް މުޅިން ބަދަލުކޮށްލާށެވެ. ރަނގޅުކާނާއާއިއެކު، ކަސްރަތުކުރާށެވެ. އަދި ސްޓްރެސް ނުވަތަ ހާސްކަން ފިލުވުމަށް ޕްލޭންެއެއް ރާވާލާށެވެ.

 

ހިތުގެ ދުޅަހެެއުކަމަށް:

ހިތުގެ ބަލިތަކުން ދުރުވެ ހުރުމަށާއި، ސްޓްރޯކްޖެހުމުން ސަލާމަތްވުމަށް މިކަންކަން ކުރާށެވެ.

 

ގިނައިން މޭވާއާއި ތަރުކާރީ ކެއުމަށް އާދަކުރާށެވެ. ގޮވާމުގެ ބާވަތްތައް ކެއުއުމުގައި ހިމަނާށެވެ. އެގޮތުން ބަތްކާން ބޭނުންނަމަ ބްރައުން ރައިސް ނުވަތަ، ރަތް ހަނޑޫ ބޭނުންކުރާށެވެ. ޕްރޮޓީންގެ ބާވަތްތައް އެކުލެވޭ ކާނާ ކަމުގައިވާ ބިހާއި، ކުކުޅުމަސް އަދި ތޮޅިއާއި، މުގުފަދަ ބާވަތްތައް ކެއުމުގައި ހިމަނާށެވެ. އަދި ހަކުރު އަޅާފައި ހުންނަ ބާވަތްތައް އެއްކޮށްހެން ހުއްޓާލާށެވެ. އެހެނީ ކެއުމުގައި ބޭނުންކުރާ އެހެނިހެން ބާވަތްތަކުގައިވެސް ހަކުރު ހިމެނެއެވެ.

ކަސްރަތުކުރުން:

 

ހަށިގަނޑުގެ ބަރުދަން ލުއިވަމުންދާވަރަކަށް ހިތުގެ ބަލިތަކާއި ހަކުރު ބަލި އަދި، ކެންސަރުފަދަ ބަލިތަކުން ދުރުކޮށްދޭނެއެވެ. އަދި ގަވާއިދުން ކަސްރަތުކުރުމުން ހާސްކަން ފިލާ މީހާ ތާޒާވެއެވެ.

ކަސްރަތު ކުރުމުން ހަރަކާތްތެރިކަން އިތުރުވެއެވެ. ހަރަކާތްތެރިކަން އިތުރުވިވަރަކަށް ސިއްހީ ދުޅަހެއުކަން އިތުރުވެއެވެ. އަދި ތަފާތު ބަލިތައް ޖެހުމުން ދުރުކޮށްދެއެވެ. ކޮންމެ ދުވަހަކު ކަސްރަތު ނުކުރިއަސް، ހަފަތާއަކު 2 ގަޑިއެއްހާއިރު، ރަނގަޅަށް ކަސްރަތުކޮށްލެވޭތޯ ބަލާށެވެ. ނެށުން، ދުވުން ނުވަތަ ބާރަށް ހިނގިޔަސް ރަނގަޅުވާނެއެވެ. ނުވަތަ ކުޅޭހިތްވާ ކުޅިވަރެއް ކުޅޭށެވެ.

ތީ ބިޒީ މީހެއްނަމަ، ކޮންމެ ދުވަހަކުވެސް މަދު ވަގުތުކޮޅެއްގައިވެސް ކަސްރަތުކޮށްލާށެވެ. ނޫނީ ދުއްވާ އެއްޗެއްގައި އޮފީހަށް ދިއުމުގެ ބަދަލުގައި، ހިނގާލާފައިދާށެވެ. ލިފްޓްގެ ބަދަލުގައި ސިޑި ބޭނުންކުރާށެވެ. ދުއްވާ އެއްޗެއްގައި އުޅޭނަމަ، އޮފީހާއި ދުރުގައި ޕާކްކޮށްފައި ހިނގާލާފައި އޮފީހަށް ދާށެވެ.

 

ހާސްކަމާއި ދުރުވޭ:

ހާސްވެ ކަނބޮޑުވުމަކީ، ހަށިގަނޑަށް ވަރަށް ގެއްލުން ހުރި ކަމެކެވެ. އެހެން ނަމަވެސް މުޅީން އެކަމާއި ދުރަށް ދިއުމަކީވެސް ނާދިރުކަމެކެވެ. އެކަމަކު ހާސްކަމުން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަން ހުންނާނެއެވެ. ބައެއް ކަހަލަ ހަރަކާތްތަކާއެކު ހާސްކަމުން ދުރުކޮށްދެއެވެ.

އެގޮތުން

ފުންކޮށް ނޭވާލުން

ޔޯގާ

މަސާޖް

ކަސްރަތު

ފައިދާހުރިކާނާ ބޭނުންކުރުމާއިއެކު، ތިމާ އިތުބާރުކުރާ ގާތްތިމާގެ މީހަކު ނުވަތަ ރައްޓެއްސަކާއި ދިރިއުޅުމުގެ ކަންކަން ހިއްސާކުރަށެެވެ.

 

މިކަންކަމާއި އެކު ދިރިއުޅުމުގެ އާދަތައްވެސް ބަދަލުކުރަންޖެހެއެވެ. ބައެއްކަހަލަ ނޭދެވޭ އާދަތަކާއި ދުރުވާށެވެ. އެގޮތުން ދުންފަތާއި ދުރުވެ، ދުފުން ހުއްޓާލާށެވެ. އަދި އަނގައިގެ ސާފްތާހިރުކަމަށްޓަކައި، ދުވާލު ދެ އިރު ދަތްތައް އުނގުޅާ ސާފްކުރާށެވެ. ނިދި ހަމަކުރާށެވެ. އަދި ބޭރަށް ނުކުންނައިރު އަބަދުވެސް ސަން ސްކްރީން ބޭނުން ކުރާށެވެ. ޚާއްސަކޮށް ހެނދުނު 10 އަކާއި މެންދުރު ފަހު 3.00 އާއި ދެމެދެވެ. އަދި އެވަގުތުގައި ބޭރަށް ނުކުންނަންޖެހޭނަމަ އަވި އައިނުވެސް ބޭނުންކުރާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
20%
0%
40%
40%
ކޮމެންޓް