ކ. މާލެ
|
1 އޮކްޓޯބަރ 2017 | އާދީއްތަ 09:06
ޓޮމް އަލްޓާ
ޓޮމް އަލްޓާ
ގެޓީ އިމޭޖަސް
ޓޮމް އަލްޓާ
ހަމުގެ ކެންސަރަށް ފަރުވާ ކުރަމުން ދަނިކޮށް ބޮލީވޫޑްގެ "ފިރަންގީ" ޓޮމް އަލްޓާ މަރުވެއްޖެ
 
އޭނާ މުރުވިއިރު އުމުރަކީ 67 އަހަރު

ހަމުގެ ކެންސަރަށް ފަރުވާކުރަމުން ދަނިކޮށް ބޮލީވުޑްގެ ތަރި ޓޮމް އަލްޓާ މަރުވެއްޖެއެވެ.

އޭނާ މަރުވި އިރު އުމުރަކީ 67 އަހަރެވެ. ޓޮމް އަލްޓާ މަރުވެފައިވަނީ ހޮނިހިރު ދުވަހު އޭނާ ދިރިއުޅޭ ގޭގައެވެ.

މިދިޔަ ސެޕްޓެމްބަރު މަހު މުމްބާއި ހޮސްޕިޓަލުގައި އޭނާ އެޓްމިޓް ކުރި ކަމަށާއި އެހެން ނަމަވެސް ބުރާސްފަތި ދުވަހު އޭނާ ގެއަށް ބަދަލު ކުރީ ކަމަށް ޓޮމްގެ މެނޭޖަރ އިސްމާއިލް އަންސާރީ ބުނެފައި ވެއެވެ.

ޓޮމް އަލްޓާގެ ދަރިފުޅު ޖެމީ އަލްޓާ ނެރުނު އޮފިޝަލް ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ އެކްޓަރ، ލިޔުންތެރިޔާ، ޑައިރެކްޓަރ އަދި އޭނާގެ ބައްޕަ މަރުވި ޚަބަރު ހާމަ ކުރުމަކީ ފުން ހިތާމައެއް ކަމަށާއި ޓޮމް މަރުވިއިރު އާއިލާ އާއި ގާތް ތިމާގެ މީހުން ހާޒިރުވެ ތިބި ކަމަށެވެ.

ޓޮމް އަލްޓާއަކީ އެމެރިކާ ނަސްލުގެ ބޮލީވުޑްގެ އެކްޓަރެކެވެ. އޭނާ ބޮލީވުޑާ ގުޅިފައި ވަނީ 1976 ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ އޭނާ ކުޅެފައިވަނީ "ޗަރެސް" އެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ ބޮލީވުޑްގެ ފިލްމު"ސަރްގޯޝިއާން" އިންނެވެ.

އޭނާއަށް ވަނީ އިންޑިއާގެ ސަރުކާރުން ދޭ އެވޯޑް ޕަދްމާ ޝްރީ އެވޯޑް 2008 ވަނަ ލިބިފައެވެ. ޓޮމް އަލްޓާ ވަނީ 300 އަށް ވުރެ ގިނަ ފިލްމުގައި ހަރަކާތްތެރި ވެފައެވެ. އޭނާ މަޝްހޫރުވެފައި ވަނީ ބޮލީވޫޑްގެ "ފިރަންގީ" ގެ ގޮތުގައެވެ. އޭނާގެ ކާފަ އާއި މާމައަކީ އެމެރިކާގެ އޮހިއޯ އަށް ނިސްބަތްވާ ބައެކެވެ. އެ މީހުން އިންޑިއާ އަށް ހިޖުރަކޮށްފައި ވަނީ 1916 ވަނަ އަަހަރު ފަހުކޮޅުއެވެ. ޓޮމް އުފަންވެފައި ވަނީ 1976 ވަނަ އަހަރު މައިސޫރަށެވެ. އޭނާ އުޅެ ބޮޑުވެ އަދި ތައުލީމު ހާސިލްކޮށްފައި ވަނީ ވެސް މައިސޫރުގައެވެ. އުމުރުން 18 އަހަރުގައި އޭނާ ކިޔެވުމަށް އެމެރިކާ އަށް ދިޔައެވެ. ނަމަވެސް އަހަރު ދުވަހަށް ފަހު މާހައުލާ މެދު ހިތްހަމަނުޖެހިގެން އޭނާ އެނބުރި އިންޑިއާ އަށް ދިޔައެވެ. 

ފިލްމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން އޭނާ ވަނީ 1972 ވަނަ އަހަރު ޕޫނޭގެ ފިލްމް އެންޑް ޓެލެވިޒަން އިންސްޓިއުޓް އޮފް އިންޑިއާއާ ގުޅިފައެވެ. އެތަނުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައި ވެއެވެ. އޭގެ ކުރިން ޓީޗަރެއްގެ ގޮތުގަ އާއި އަދި ހޮސްޕިޓަލުގައި ވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ. ކުޑަކުދިންނަށް ކްރިކެޓް ކުޅެން ދަސްކޮށްދިނުމުގައި ވެސް ތިން އަހަރެއްހާ ދުވަހު ހޭދަކުރިއެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާ ފިލްމް ބޮލީވުޑަށް ހިތް ޖެހުނީ ރާޖޭޝް ކަންނާގެ ސަބަބުންނެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް