ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 23:43
ޖޫލިއާ: އޭނާއަށް ވަނީ "އެމީ އެވޯޑް" ގައި އެންމެ މޮޅު ލިޑް އެކްޓްރެސްގެ އެވޯޑް ލިބިފައި
ޖޫލިއާ: އޭނާއަށް ވަނީ "އެމީ އެވޯޑް" ގައި އެންމެ މޮޅު ލިޑް އެކްޓްރެސްގެ އެވޯޑް ލިބިފައި
ގެޓީ އިމޭޖަސް
ވީޕް
"ވީޕް" އެކްޓެރެސް ޖޫލިއާއަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެފި
 
އޭނާއަށް ވަނީ "އެމީ އެވޯޑް" ގައި އެންމެ މޮޅު ލިޑް އެކްޓްރެސްގެ އެވޯޑް ލިބިފައި
 
އޭނާއަށް އާއިލާއާއި ރައްޓެހިންގެ ކިބައިން އެހީތެރިކަން ލިބެމުންދާކަމަށް ބުނި

އެޗްބީއޯއިން ދައްކަމުން އަންނަ ސީރީޒް ކަމަށްވާ "ވީޕް" ގެ ލީޑް ރޯލުން ފެނިގެންދާ ޖޫލިއާ ލުއިސް އޭނާއަށް ކެންސަރު ޖެހިފައިވާކަމަށް އޭނާ ބުނެފިއެވެ.

ޖޫލިއާ ބުނެފައިވަނީ އޭނާއަކީވެސް "އުރަމަތީ ކެންސަރ ޖެހޭ 8 އަންހެނުން ކުރެ އެކަކު ކަމަށް" އެވެ.

ޖޫލިއާ ބުނީ އޭނާއަށް އާއިލާއާއި ރައްޓެހިންގެ ކިބައިން އެހީތެރިކަން ލިބެމުންދާ ކަމަށެވެ.

އުމުރުން 56 އަހަރުގެ ޖޫލިއާ އަށް ވަނީ މިމަހުގައި ބޭއްވި "އެމީ އެވޯޑް"ގައި އެންމެ މޮޅު ލިޑް އެކްޓްރެސްގެ އެވޯޑް ލިބިފައެވެ.

ޖޫލިއާއަށް ކެންސަރު ޖެހުމުން އެޗްބީއޯ ޗެނަލުން ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ ޖޫލިއާއަށް ކެންސަރުން ސަލާމަތްވާނެކަމަށައި "ވީޕް" ގެ އެންމެ ފަހު ސީޒަނުން އޭނާ ފެންނާނެ ކަމަށް އުއްމީދު ކުރާކަމަށެވެ.

ޖޫލިއާ ފިލްމީ ދާއިރާއާއި ގުޅިފައިވަނީ 1982 ވަނަ އަހަރުގައެވެ. އޭނާ އެންމެ ފުރަތަމަ ފެނިފައި ވަނީ އެ އަހަރު ނިކުތް "ސަޓަޑޭ ނައިޓް ލައިވް" ކިޔާ ސީރީޒްއަކުންނެވެ. އޭނާ ވަނީ ފިލްމުތައްވެސް ކުޅެފައެވެ. އޭނާ އެންމެ ފުރަތަމަ ކުޅެފައިވާ ފިލްމަކީ 1986 ވަނަ އަހަރު ނިކުތް "ޓްރޯލް" އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް