ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 13:00
ސައުދީގެ ޝާހީ ގަރާރު ތަންފީޒުކުރާނީ އަންނަ އަހަރުގެ ޖޫން މަހު
ސައުދީގެ ޝާހީ ގަރާރު ތަންފީޒުކުރާނީ އަންނަ އަހަރުގެ ޖޫން މަހު
އަލްޖަޒީރާ
ސައުދީގައި އަންހެނުންގެ ހައްގު
ސައުދީގައި އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުން ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ
 
ރައީސް ޓްރަމްޕް ދެކެވަޑައިގަންނަވަނީ އެއީ އަންހެނުންގެ ހައްގުތައް ކުރިއެރުވުމަށް އެޅުނު ފިޔަވަޅެއްގޮތުގައި
 
މި ބަދަލު ތަންފީޒުކުރުމަށް ޚާއްސަ ކޮމިޓީއެއްވަނީ އެކުލަވާލާފަ
 
ސައުދީގެ ޝާހީ ގަރާރު ތަންފީޒުކުރާނީ އަންނަ އަހަރުގެ ޖޫން މަހު

ސައުދީ އަރަބިއްޔާގެ އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަދުވަހު މަރުހަބާ ވިދާޅުވެއްޖެއެވެ.

މި ބަދަލު ގެނެސްފައިވަނީ ޝާހީ ގަރާރަކުންކަމަށްވާއިރު މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެންނެވެ.

ވައިޓް ހައުސް ޕްރެސް ސެކްރެޓަރީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އެ ބަދަލު ޓްރަމްޕް ދެ ކެވަޑައިގަންނަވަނީ ސައުދީ އަރަބިއްޔާގައި އަންހެނުންނަށް ފުރުސަތުތައް އިތުރުކޮށް އަންހެނުންގެ ހައްގުތައް ކުރިއެރުވުމަށް ކުރިޔަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި" ކަމަށެވެ.

ސައުދީގެ ޝާހީ ގަރާރުގައި، އެ ގައުމުގެ އިންޓަރނަލް އެފެއަރޒް މިނިސްޓްރީއާ،ފިނޭންސްއާ،ލޭބަރ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ހިމެނޭގޮތަށް މަތީފަންތީގެ ކޮމިޓީއެއް އުފެއްދުމަށްވެސްވަނީ ގޮވާލާފައެވެ.

އެ ކޮމިޓީގެ މަސައްކަތަކަށް ވާނީ 30 ދުވަހުގެ ތެރޭގައި އެ ގަރާރު ދިރާސާކޮށް 2018 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ތަންފީޒުކޮށް ނިންމުމެވެ.

ސައުދީގައި އަންހެންނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ނޯންނައިރު، ބައެއް އާއިލާތަކަށް ވަނީ ދަތުރު ފަތުރުކުރުމަށް ފިރިހެން ޑްރައިވަރުން ހަމަޖައްސަން މަޖުބޫރުވެފައެވެ. ސައުދީގެ ވެބްސައިޓެއް ކަމަށްވާ އަލް އަރަބިއްޔާ އިން ބުނީ ސައުދީގައި އަންހެނުންގެ ޑްރައިވަރުންގެ ގޮތުގައި 8 ލައްކައެއްހާ ޑްރައިވަރުން ވަޒީފާ އަދާކުރާ ކަމަށެވެ..

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް