ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 13:20
އެތައްހާސް ރޮހިންޖާ މުސްލިމުން ވަނީ އެބައިމީހުންގެ ގައުމު ދޫކޮށްދާން ޖެހިފައި
އެތައްހާސް ރޮހިންޖާ މުސްލިމުން ވަނީ އެބައިމީހުންގެ ގައުމު ދޫކޮށްދާން ޖެހިފައި
ޓްވިޓަރ
ރޮހިންޖާ މުސްލިމުން
އިންޑިއާ އިން ރޮހިންޖާ މުސްލިމުން ބޭރުކުރުން ހުއްޓުވުމަށް އެމްނެސްޓީ އިން ކެމްޕެއިނެއް ފަށައިފި
 
އިންޑިއާގައި 40000 އެއްހާ ރޮހިންޖާ މުސްލިމުން އުޅޭ

 

އިންޑިއާގައި ދިރިއުޅެމުންދާ ރޮހިންޖާ މުސްލިމުން އެގައުމުން ޑީޕޯޓު ކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް، އިންސާނީ ހައްގުތަަކަށް މަސައްކަތް ކުރާ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަަލް އިން އޮންލައިން ކެމްޕެއިނެއް ފަށާ ޕެޓިޝަނެއް އިފްތިތާހް ކޮށްފިއެވެ.

"istandwithrohingyarefugees# " ނަމުގައި އެމްނެސްޓީ އިން އޮންލައިން ކެމްޕެއިނެއް ފަށާފައިވާއިރު، އިންޑިއާ އިން ދެކެނީ އިންޑިއާ ހިމާޔަތް ހޯދާ ރޮހިންޖާ މުސްލިމުންނަކީ  ގަވާއިދުން އިންޑިއާ އަށް އެތެރެވެގެން އުޅޭ ބައެއް ކަމަށެވެ.

ދާދިފަހުން އިންޑިއާގެ ސަރުކާރުން ބުނެފައި ވަނީ އިންޑިއާގައި އުޅެމުންދާ ބައެއް ރޮހިންޖާ މުސްލިމުން "ޓެރަރިސްޓް ޖަމާއަތްތަކާ" ގުޅުން އޮންނަ ކަމުގެ ހެކި ލިބިފައިވާ ކަަމަށެވެ.

"އެމްނެސްޓީ އިންޓަނޭޝަނަލް އިންޑިއާ" ގެ ޕްރޮޖެކްޓް މެނޭޖަރު އަރިޖީޓް ސެން އަލްޖަޒީރާ އަށް ވިދާޅުވެފައި ވަނީ "އިންޑިއާގެ މަގާމަށް ބަލާއިރު، ރޮހިންޖާ މުސްލިމުން އިންޑިއާ އިން ބޭރުކުރުން ހުއްޓުވުމަކީ އެގައުމަށް ގާނޫނީ ގޮތުންނާ އަދި މޯރަލް ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ."

ބަންގްލަދޭޝް އާއި ގުޅިފައިވާ އިންޑިއާގެ އިރުމަތީ ބޯޑަރު ހުރަސްކޮށް އަންނަ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް، އެބައި މީހުން އިންޑިއާ އަށް އެތެރެވުން ހުއްޓުވުމަށް "ސްޓަން އަދި ޗިލީ ގްރެނޭޑް" ބޭނުން ކުރަމުންދާ ކަމަށް ވެސް ދާދިފަހުން ރިޕޯޓުތައް ބުނެފައިވެއެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތް ވުމަށް މިހާތަނަށް 400،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް
27 ސެޕްޓެންބަރ 2017 | ބުދަ 13:28
ރާޅު
ދެން މޯދީ ގޮސް ކޮން ފޮނި އަނގައެއްތަ އެ ތެޅީކީ؟