ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 11:03
ލީބިޔާގައި ހަނގުރާމައިގެ ކުށްތަކަށް އަރައިގެންފައިވާ ކަމަށް ލީބިޔާގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ބުނޭ
ލީބިޔާގައި ހަނގުރާމައިގެ ކުށްތަކަށް އަރައިގެންފައިވާ ކަމަށް ލީބިޔާގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ބުނޭ
އޭއެފްޕީ
ލީބިޔާ
ޔޫއޭއީން ލީބިޔާގައި ހަނގުރާމައިގެ ކުށްތަކަށް އަރައިގެންފައިވޭ: ރިޕޯޓް
 
ޔޫއޭއީން ދިން ވައިގެ ހަމަލާތަކުގައި ލީބިޔާގެ އެތައް ސަތޭކަ އާއްމުން މަރުވެފައިވާ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ލީބިޔާގައި ހަނގުރާމައިގެ ކުށްތަކަށް އަރައިގެންފައިވާ ކަމަށް ލީބިޔާގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ބުނެފި އެވެ.

ލީބިޔާގެ އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުން އަންގާރަ ދުވަހު ބުނީ، އެޤައުމުގައި ޔޫއޭއީން ދިން ވައިގެ ހަމަލާތަކުގައި އެތައް ސަތޭކަ އާއްމުން މަރުވެފައިވާ ކަމަށެވެ.

ސްވިޒަލެންޑްގެ ޖެނީވާގައި ކުރިއަށްދިޔަ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ކޮންފަރެންސްގައި، ލީބިޔާގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ހުށަހެޅި ރިޕޯޓްގައި، ޔޫއޭއީގެ ވައިގެ ހަމަލާތަކުގެ އިތުރުން، ޔޫއޭއީ އާއި ގުޅިފައިވާ ލީބިޔާގެ ފައުޖުތަކުގެ ވެރިޔާ ޖެނެރަލް ޚަލީފާ ހަފްތަރުގެ މައްޗަށް ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ތުހުމަތުކޮށްފައިވެއެވެ.

ލީބިޔާގެ އިރުމަތީގެ ދެ ޕްރޮވިންސް ކަމަށްވާ ޑާރނާ އާއި ގަންފޫދާގައި ޖެނެރަލް ހަފްތަރުގެ ބެއްލެވުމުގެ ދަށުން ޤާނޫނުގެ ބޭރުން މީހުން މެރުމާއި، ބަނޑުހައިހޫނުކަމުގައި ބޭތިއްބުންފަދަ އަމަލުތައް ހިންގާފައިވާކަމަށް ބުނެ، އެއާއިލާތަކުގެ ފަރާތުން ހެކިން އެކޮންފަރެންސްގައި ވާހަކަ ދައްކާފައިވެއެވެ.

ސަލާމަތްވި އާއިލާތަކުގެ މެމްބަރުންގެ ފަރާތުން ވާހަކަ ދެއްކެވި އަބްދުލްޤަނީ އަލްޖަޓްލޯ ވަނީ، 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ލީބިޔާގެ ވެރިރަށް ޓްރިޕޮއްލީގައި ޔޫއޭއީ އިން ވައިގެ ހަމަލާތަކެއް ދިން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

މީގެ އިތުރުން ޔޫއޭއީ އާއި މިސްރުގެ އަސްކަރިއްޔާއިން ލީބިއާގައި ދިން ވައިގެ ހަމަލާތަކުގެ ސަބަބުން އިންސާނުން ގެއްލިފައިވާ ކަމުގެ ހެކިތައް އދގެ ސަލާމަތީ މަޖިލީހުން އެކުލަވާލި ޔޫއެންގެ ކޮމިޝަނަށް ލިބިފައިވާ ކަމަށް ހިއުމަން ރައިޓްސް ސޮލިޑާރިޓީ ގްރޫޕްގެ ރައީސް ގިއުއްމާ އަލް އޮމާމީ ވިދާޅުވި އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް