ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 11:10
ކޯޓްނީ ކާޑޭޝިއަން
ކޯޓްނީ ކާޑޭޝިއަން
ގެޓީ އިމޭޖަސް
ކޯޓްނީ ކާޑޭޝިއަން
ކިމްއަށް ދިމާވި ފޭރުމުގެ ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް ކޯޓްނީ ޕެރިހަށް
 
ކޯޓްނީ ޕެރިހަށް ގޮސްފައިވަނީ އޭނާގެ ލޯބިވެރިޔާ ޔޫނެސް ބެންޖަމާ އާއި އެކީގައި

ކިމް ކާޑޭޝިއަންއަށް ފްރާންސްގެ ޕެރިހުގައި ދިމާވި ފޭރުމުގެ ހާދިސާއަށް ފަހު ކޯޓްނީ ކާޑޭޝިއަން ޕެރިހަށް ފުރަތަމަ ފަހަރަށް ގޮސްފިއެވެ.

ކޯޓްނީ ޕެރިހަށް ގޮސްފައިވަނީ އޭނާގެ ލޯބިވެރިޔާ ޔޫނެސް ބެންޖަމާ އާއި އެކީގައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކިމް އަތުން ފޭރިގަނެފައި ވަނީ ޕެރިސް ފެޝަން ވީކުގައި ބައިވެރިވުމަށް ގޮސް ޕެރިހުގައި މަޑުކޮށްލައިގެން ހުރި ހޮޓަލުގެ ކޮޓަރިއެއްގައި ހުއްޓަ އެވެ.

ކިމް އަތުން ފޭރިގަނެފައިވަނީ 10 މިލިއަން ޑޮލަރުގެ އަގުހުރި ގަހަނާތައް ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. އޭގޭ ތެރޭގައި ކިމް ހެ އެންގޭޖްމެންޓް އަނގޮޓި ވެސް ހިމެނެއެވެ.

އުމުރުން 38 އަހަރުގެ ކޯޓްނީ އަށް ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަށް 3 ދަރިން ލިބިފައެވެ. އެއީ 7 އަހަރުގެ މޭސަން، 5 އަހަރުގެ ޕެނެލޮޕީ އަދި 2 އަހަރުގެ ރެއިންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް