ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 10:48
ސަލްމާން ޚާން
ސަލްމާން ޚާން
ބޮލީވުޑް ހަންގާމާ
ސަލްމާން ޚާން
ސަލްމާން ދަރިޔަކު ހޯދަނީ
 
ސަލްމާން ސަރޮގޭޓް ކުރާނީ އޭނާގެ 52 ވަނަ އުފަންދުވަހަށްފަހު މިއަހަރުގެ ޑިސެމްބަރު މަހު

ސަލްމާން ޚާން ސަރޮގޭޓް ކޮށްގެން ދަރިއަކު ހޯދަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސަލްމާން ސަރޮގޭޓް ކުރާނީ އޭނާގެ 52 ވަނަ އުފަންދުވަހަށްފަހު މިއަހަރުގެ ޑިސެމްބަރު މަހުގައެވެ.

ދުވަހަކުވެސް ކައިވެންޏެއްކޮށްފައި ނުވާ ސަލްމާން އޭނާ ދަރިއަކު ހޯދަން ބޭނުންވާކަމަށް މީގެ ކުރިންވެސް ވަނީ ބުނެފައެވެ.

އޭނާ ބުނެފައިވަނީ ދަރިއަކު ހޯދަން ބޭނުން ވަނީ އޭނާގެ މަންމައާއި ބައްޕަ އޭނާއަށް ދަރިއަކު ލިބޭތަން ދެކެން ބޭނުންވާތީކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި ކައިވެނި ކުރުމުގެ ވިސްނުމެއް ސަލްމާންގެ ނެތެވެ. އެހެން ކަމުން އޭނާ ސަރޮގޭޓް ކޮށްގެން ދަރިއަކު ހޯދުމުގެ މަސައްކަތް ޑިސެމްބަރުމަހު  ފަށާނެއެވެ.

ބޮލީވުޑްގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުން ވެސް ވަނީ ސަރޮގޭޓް ކޮށްގެން ދަރިން ހޯދާފައެވެ. އޭގެ ތެރޭގައި ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަރަން ޖޯހަރު ވެސް ވަނީ ސަރޮގޭޓް ކޮށްގެން ދެކުދިން ހޯދާފައެވެ. އަދި

ޝާހްރުކް ޚާން އާއި އާމިރް ޚާންގެ ހަނގު ދެ ކުދިން ކަމަށްވާ އަބްރާމް އާއި އަޒަދް އަކީ ވެސް ސަރޮގެސީ ދެ ކުދިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް