ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 08:51
ފިލްމް ފޮ ޗޭންޖްގެ ދަށުން ހެދި ފިލްމުތައް ޕްރިމިއަރ ކުރުމުގެ ތެރެއިން
ފިލްމް ފޮ ޗޭންޖްގެ ދަށުން ހެދި ފިލްމުތައް ޕްރިމިއަރ ކުރުމުގެ ތެރެއިން
ދިރާގު
ފިލްމް ފޯ ޗޭންޖް
ފިލްމް ފޯ ޗޭންޖްގެ ދަށުން ހެދި ފިލްމުތައް ޕްރިމިއަރކޮށްފި
 
މިއީ މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޒުވާނުންގެ ހިޔާލު ހޯދުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެއް

ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދިޔަ ފިލްމް ފޯ ޗޭންޖްގެ ދަށުން ތައްޔާރުކުރި ފިލްމުތައް ޕްރިމިއަރ ކޮށްފިއެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން އޯގަސްޓް މަހު ކުރިއަށްގެންދިޔަ ކުރު ފިލްމު ހެދުމުގެ ޕްރޮގްރާމްގައި ތައްޔާރުކުރި މި ފިލްމުތައް ޕްރިމިއަރ ކޮށްފައިވަނީ މި ހަފްތާގެ ހޯމަ ދުވަހު ޝްވެކް ސިނަމާގައެވެ.

ދިރާގުން ބުނީ، މި ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ޒުވާނުން ކްރިއޭޓިވް އާރޓްސްގެ ދާއިރާއަށް ޝައުގުވެރި ކުރުމުގެ އިތުރުން، ޒުވާނުންނާއި އާންމު މުޖުތަމައަށް ދިމާވާ މައްސަލަތަކުގެ ހައްލު ހޯދައި، އެކަންކަމަށް އެކުދިން ހޭލުންތެރިކުރުމަށް ކުރެވޭނެ ކަންކަން، އަމިއްލައަށް، ފިލްމުފަދަ ވަސީލަތްތަކުގެ ޒަރިއްޔާއިން ހާމަކޮށްދިނުމަށް ފުރުޞަތު ހޯދައިދިނުން ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ތައްޔާރުކޮށްފައިވާ ފިލްމުތަކަކީ މުޖުތަމައުގައި ހިނގާ ތަފާތު އެކިއެކި މައްސަލަތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމުތަކެކެވެ. އެގޮތުން ފިލްމުތަށް ބެހިގެންދިޔައީ ޔޫއެންޑީޕީ އިން ކަނޑައަޅާފައިވާ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލްސް (އެސްޑީޖީ) ގެ 3 ބަޔަކަށް ޚާއްސަކުރެވިގެންނެވެ.

އޭގެތެރޭގައި ހިމެނެނީ، އެސްޑީޖީ 5، ޖެންޑާ އީކުއަލިޓީ ނުވަތަ ދެ ޖިންސުގެ ހަމަހަމަކަން، އެސްޑީޖީ 10، ރިޑިއުސް  އިންކުއަލިޓީ ނުވަތަ އެންމެންނަށް ހަމަހަމަ ފުރުސަތާއި އަދުލު ލިބުން އަދި އެސްޑީޖީ 12، ރެސްޕޮންސިބަލް ކޮންސަންޕްޝަން އެންޑް ޕްރޮޑަކްޝަން ނުވަތަ ޒިންމާދާރު ގޮތުގައި ތަކެތި އުފެއްދުމާއި ބޭނުންކުރުމެވެ.

މި މަޢުލޫތަކަށް ތައްޔާރުކުރި ފިލްމުތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ކަނޑަށް އެޅޭ ޕްލާސްޓިކުން ކުރާ ނޭދެވޭ އަސަރުތަކާއި، ދެ ޖިންސުގެ ހަމަ ހަމަކަމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށެވެ.

މިޕްރޮޖެކްޓްގެ ދަށުން، މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންތައްތަށް، ޒުވާނުންނަށް، އެފަރާތްތަކުގެ އަމިއްލަ ނަޒަރުން، އެފަރާތްތަކުން އަމިއްލައަށް ދައްކައިދިނުމުގެ މަގު ފަހިކޮށްދެވިފައިވާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި މި ޕްރޮގުރާމުގައި ބައިވެރިވި ޒުވާންކުދިންގެ ހުނަރާއި އެކުދިން މުގުތުމައުއާ ދޭތެރޭ ވިސްނުމާއި ހިޔާލު ހުރިގޮތް ވެސް ފެނިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ދިރާގުން ބުނީ، ފިލްމް ފޮ ޗޭންޖަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އޮގަސްޓް މަހުގެ 16 އިން 23 ވަނަ ދުވަހާ ހަމައަށް ތަމްރީނު ޕްރޮގުރާމެއްވެސް ބާއްވާފައިވާ ކަމަށާއި، މި ތަމްރީނު ޕްރޮގްރާމްގައި ވާހަކަލިޔުމާއި، ޑައިރެކްޓްކުރުމާއި، ވީޑިއޯގްރަފީ އަދި ޕްރޮޑަކްޝަނާ ބެހޭގޮތުން ބައިވެރިންނަށް ފަންނީ އެކިއެކި މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ، ބައިވެރިންނަށް ތަމްރީނު ދިނުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ ދާއިރާގެ ތަޖުރިބާކާރު އަދި ފުންނާބު އުސް ބޭފުޅުން ކަމަށާ، އޭގެ ތެރޭގައި މި ޕްރޮޖެކްޓްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި އަހުމަދު ހިޝާމް ސައީދް (އަންދު) އަދި މެންޓާރސްގެ ގޮތުގައި އެޓާނަލް ޕިކްޗާސް، މަދޮޝިޕް، އަދި ސްޓްރީކް ސްޓޫޑިއޯ އިން ބައިވެރިވެފައިވާ ކަމަށެވެ.

ދިރާގާއި ޔޫއެންޑީޕީން މި ކުރު ފިލްމުތައް ސޯޝަލް މީޑިއާގައި ދައްކައިލުމަށްވަނީ ނިންމާފައިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް