ކ. މާލެ
|
27 ސެޕްޓެންބަރ 2017 | ބުދަ 00:04
ޑިމިޓްރީ ބަކްޝެޔޭވް، 35، މިނިމަސް ކެއުމަށް މީހުން މެރި ކަމަށް ވަނީ އިއުތިރާފް ވެފައި
ޑިމިޓްރީ ބަކްޝެޔޭވް، 35، މިނިމަސް ކެއުމަށް މީހުން މެރި ކަމަށް ވަނީ އިއުތިރާފް ވެފައި
މިނިމަސް ކެއުން
މަސް ކެއުމަށް ގިނަ އިންސާނުން މެރި ދެމަފިރިން ރަޝިއާ އިން އަތުލައިގެންފި
 
މިނިމަސް ކާން ފެށީ 1999 ވަނަ އަހަރުން ފެށިގެންކަމަށް ތަހުގީގުގައި ބުނެފައިވޭ
 
ދަޅުގައި، ފުޅީގައި އަދި އައިސް އަލަމާރި އާއި ފްރީޒަރުގައި މިނިމަސް ރައްކާކޮށްފައި ހުރި
 
ފާއިތުވި 18 އަހަރުގެ ތެރޭގައި މަސް ކެއުމަށް 30 މީހުން މަރާފައިވޭ

މިނިމަސް ކައިގެން ދިރިއުޅުނު ދެމަފިރިން ރަޝިއާ އިން އެ ގައުމުގެ ފުލުހުން އަތުލައިގަނެފައިވާ ކަމަށް ރަޝިއާގެ މީޑިއާ އިން ހޯމަ ދުވަހު ހާމަ ކޮށްފިއެވެ.

އަތުލައިގެން ދެމަފިރިން ތަހުގީގުގައި މިނިމަސް ކެއި ކަމަށް އެއްބަސްވެފައިވާ އިރު، އެމީހުން ދިރިއުޅޭ ތަނުގެ ތެރެއިން ކޮށާ ކެއުމަށް ތައްޔާރު ކޮށްފައިވާ އިންސާނުންގެ ބައިތައް ފުލުހުންނަށް ފެނިފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

އަތުލައިގެން ފިރިހެން މީހާގެ ނަމަކީ ޑިމިޓްރީ ބަކްޝެޔޭވެ އެވެ، އެނާގެ އުމުރަކީ 35 އަހަރެވެ.

މި ކަމުގައ މި ފިރިހެންމީހާ އާ ބައިވެރި އޭނާގެ އަންހެނުންގެ ފޮޓޯވެސް މި ޚަބަރު ފުރަތަމަ ހާމަކުރި ރަޝިއާގެ "މޭޝް" އިން އާއްމު ކޮށްފައިވެއެވެ. އެއީ އުމުރުން 42 އަހަރުގެ ނަޓާލިޔާ ކިޔާ ނަރުހެއް ކަމަށްވެސް މި ޚަބަރުގައި ވެއެވެ.

ނަޓާލިއާ، މަސްކެއުމަށް އިންސާނުން މެރިކަމަށް އިއުތިރާފް ވެފައިވޭ

މި މީހުން މިކަން ހިނގަމުން ދިޔަ އެމީހުން ދިރިއުޅުނު ތަނުގެ ތެރޭން މިނިމަސް ކައްކާ ރޯފިލުވާނެ ގޮތާ ބެހޭ ފިލާވަޅުތައް ހިމެނޭ ވީޑިއޯތައްވެސް ފެނިފައިވާ ކަމަށް ޚަބަރުގައި ވެއެވެ.

ނަޓާލިއާ ހައްޔަރު ކުރުމަށްފަހު ރަޝިއާ ފުލުހުން ވަނީ އޭނާގެ އެއްވެސް ނަފްސާނީ މައްސަލައެއް އުޅޭތޯ ބެލުމަށް ޓެސްޓްތައް ހަދާފައެވެ. ނަމަވެސް، ފުލުހުން ބުނީ އޭނާގެ ސިކުނޑީގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެއީ ހަމަ އެހެން އާއްމު މީހެކޭ އެއްވެސް ތަފާތެއް ނެތް މީހެއް ކަމަށް ބުނެފައެވެ.

ފުލުހުންގެ ތަހުގީގުގައި މި އަންހެން މީހާ ބުނެފައިވަނީ ފިރިމީހާއާ ދެމީހުން ވެގެން މިނިމަސް ކެއުމުގެ ބޭނުމުގައި މަދުވެގެން 30 މީހުން މަރާފައިވާނޭ ކަމަށެވެ.

ސީރިއަސް މައްސަލަތައް ތަހުގީގު ކުރާ ރަޝިއަން އިންވެސްޓިގޭޓިވް ކޮމިޓީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވަނީ، މި ދެމީހުން މިނިމަސް ރައްކާކޮށްފައި ހުރީ ފްރިޖާއި، ފްރީޒަރުގައި ކަމަށެވެ. މިގޮތުން ގަނޑުކޮށްފައިވާ ހަތް ޕެކެޓް މިނިމަސް އެމީހުން ދިރިއުޅޭ މިލިޓަރީ ޑޮމެޓްރީން ފެނިފައިވާ ކަމަށްވެސް މި ކޮމިޓީން ހާމަކޮށްފައި ވެއެވެ. މީގެ އިތުރުން ބިއްލޫރި ފުޅީގައި މިނިމަހުގައި އަސާރަ ހަދާފައި ހުއްޓާވެސް ފުލުހުންނަށް ވަނީ ފެނިފައިވާ ކަމަށާއި އާވިން ކައްކާ ދަޅުތަކަށް އަޅާފައި ހުރި މިނިމަސްވެސް ފެނިފައިވެއެވެ.

މިނިމަހުގައި އަސާރަ އަޅާފައި ހުއްޓާ ވަނީ ފެނިފައި

މި މީހުން އަތުލައިގަތުމަށް ލީޑް ލިބުނީ ރަޝިއާގެ ކްރަސްނޮދާރ ސިޓީގެ މަގުމައްޗަށް ވެއްޓިފައި އޮތް ފޯނެއް މަގު ހަދަން އުޅުނު ބަޔަކަށް ފެނި އޭގައި ހުރި ފޮޓޯތަކާ ގުޅިގެންނެވެ. ފޯނުގައި ހުރި ފޮޓޯތަކުގައި މަރާލާފައިވާ އަންހެނެއްގެ ހަށިގަނޑުގެ ބައިތަކާ އެކު އަތުލައިގަތް ފިރިހެން މީހާ ނަގާފައިވާ ސެލްފީތަކެއް ހުރި ކަމަށް ވެއެވެ. ތަހުގީގުން އެނގުނު ގޮތުގައި ފޮޓޯގައިވާ އަންހެން މީހާ އަކީ މައްސަލައިގައި އަތުލައިގަތް ފިރިހެން މީހާ އާ ދެމެދު ހިނގި ދެބަސްވުމަކާ ގުޅިގެން ކުދިކޮށް ކޮށާލާފައިވާ މީހެކެވެ. ފޯނު ފެނުނު މީހާއަށް މި ފޮޓޯތައް ފެނުމުން އެ ފޯނު ފުލުހުންނާ ހަވާލު ކުރީއެވެ.

މިހާދިސާ އާ ގުޅިގެން ރަޝިއާގެ ނޫހެއް ކަމުގައިވާ ކޮމްސޮމޮލްސްކަޔާ ޕްރަވްޑާ އިން ހާމަ ކުރި އެއް ފޮޓޯ އިން ފެންނަނީ ދޮލަނގެއް ކަހަލަ އެއްޗެއްގައި ބާއްވާފައި އޮތް އިންސާނެއްގެ ބޮލެކެވެ. މި ދޮލަނގުގައި އޮތް ބޮލުގައި ލުނބޯހުތް ކިބައެއް ޖަހާ އަދި ވަށައިގެން އޮރެންޖް އަތުރާފައި ހުރެއެވެ.

އިންސާނެއްގެ ބޯ ދޮލަނގެއްގައި އަދި ބޮލުގެ ވަށައިގެން އޮރެންޖު އަތުރާފައި

މި މައްސަލައިގައި ހައްޔަރުކުރި ދެމަފިރިން މިނިމަސް ކެއުމަށް މީހުން މަރާ ހަދަމުން ގެންދިޔަ އިރު ދިރިއުޅެމުން އައިސްފައިވަނީ މިލިޓަރީ އެކަޑެމީއެއްގެ ޑޯމެޓްރީއެއްގައެވެ.

މަސް ކެއުމަށް މީހުން ހޯދުމަށް މި ދެމަފިރިން ބޭނުން ކުރީ ޑޭޓިންގ ސައިޓްތައް ކަމުގައިވެއެވެ.

މިލިޓަރީ އެކަޑީމީގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާ މި އަންހެން މީހާ އެ އެކަޑެމީގައި ތަމްރީން ހަދަމުން ދިޔަ ޕައިލެޓުންނަށް މިނިމަސް އޮޅުވާލައިގެން ކާންދީފައިވުމީ އެކަށީގެންވާ ކަމެއް ކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

މިހާދިސާއާ ބެހޭ ގޮތުން ރަޝިއާގެ ލޯކަލް މީޑިއާ އިން ހާމަކޮށްފައިވާ އެހެން މައުލޫމަތަކަށް ބަލާއިރު، ހައްޔަރު ކުރި ނަޓާލިއާ 2010 ވަނަ އަހަރު ކައްކާ މީހެއްގެ ވަޒީފާއަށް ކުރިމަތިލާ މަޝްހޫރު ރެސްޓޯރެންޓަކަށް އިންޓަވިއުއަކަށް ދިޔަ ކަން އެ ރެސްޓޯރެންޓުގެ ވެރިމީހާ ވަނީ ހާމަކޮށްފައެވެ. މި އިންޓަވިއުއުގައި ނަޓާލިއާ ރެސްޓޯރެންޓަށް އެއްޗެހި ގަންނަ ތަންތަނާ ބެހޭ ގޮތުން އަހާ ވަރަށް ބޮޑަށް އޮޅުފިލުވިކަން ވަނީ ފާހަގަ ކުރެވިފައެވެ. އޭގެ ތެރޭގައި ރެސްޓޯރެންޓަށް މަހުގެ ބާވަތްތައް ގަންނަނީ ކޮންތާކުންތޯ އާއި އަދި އަގު ހެޔޮކޮށް މަސް ގަންނަން ބޭނުންތޯ އޭނާ އެހިކަމަށް ވެއެވެ. އަންހެން މީހާ އުޅުނީ އެ ރެސްޓޯރެންޓަށް މިނިމަސް ވިއްކުމަށް ކަމަށް ރެސްޓޯރެންޓުގެ ވެރިމީހާ ވަނީ ތުހުމަތު ކޮށްފައެވެ. އިންޓަވިއު ހިނގަމުން ދިޔަ އިރު މިނިމަސް ކެއުމަށް މީހުން މެރިކަމަށް ތުހުމަތު ކުރެވޭ އޭނާގެ ފިރިމީހާ ބޭރުގައި މަޑުކޮށްގެން ހުރި ކަމަށްވެސް ރެސްޓޯރެންޓުގެ އޯނަރު ބުނެފައިވެއެވެ.

ފުލުހުން މިމީހުން އަތުލައިގަނެ ހިންގި ތަހުގީގުގައި ދެމީހުންވެސް ވަނީ ކުށަށް އިއުތިރާފް ވެފައެވެ.

ތިރީގައި މިވަނީ ފުރަތަމަ އާއްމު ކުރި މި ދެމަފިރިން ދިރިއުޅުނު ފްލެޓްގެ ވީޑިއޯ އެވެ.

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
33%
33%
0%
33%
0%
0%
ކޮމެންޓް
27 ސެޕްޓެންބަރ 2017 | ބުދަ 00:15
ރެސްޓޯރެންޓުގެ
އެވަރަށްމަސްކާއިރުވެސް ހާދަނިކަމެތިވެފަ ހުރިމޫނެއް؟