ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 15:38
ހަމަލާއަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ
ހަމަލާއަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ
ގޫގުލް
ލަންޑަން ރޭލް ހަމަލާ
ލަންޑަން ރޭލް ހަމަލާ: ހަތްވަނަ މީހާ ހައްުޔަރުކޮށްފި
 
ބޮން ގޮއްވި ހާދިސާއާ ގުޅިގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ 18 އަހަރުގެ މީހެއްގެ މައްޗަށް ވަނީ އުފުލާފައި

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ ހުޅަނގު ދެކުނު ސަރަހައްދުގެ ބިމު އަޑީ ރޭލު މަގު ނުވަތަ "ޓިއުބް" އިން ދަތުރުކުރި ރޭލެއްގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ހައްޔަރު ކުރި ހަތް ވަަނަ މީހާ ހޯމަ ދުވަހު  ހައްޔަރު ކޮށްފިއެވެ. 

ވޭލްސްގެ ވެރިރަށް ކާޑިފްގެ ގެއެއްގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ފިރިހެެނެއް ކަމަށް ލަންޑަން ފުލުހުން ބުނެއެވެ. 

"ޓިއުބް" އިން ދަތުރުކުރި ރޭލެއްގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ 18 އަހަރުގެ މީހެއްގެ މައްޗަށް ވަނީ އުފުލައިފައެވެ. އިނގިރޭސި ވިލާތުގެ ސަރީ ކައުންޓީގެ ސަންބްރީ ޓައުންއަށް ނިސްބަތްވާ އަހްމަދު ހަސަން އަށް ވަނީ އިތުރު ދައުވާއެއް ވެސް ކޮށްފައެވެ. އެ ދައުވާއަކީ ގޮވުމެއް ގޮއްވާލާ  ބައެއްގެ ފުރާނައަށް ގެއްލުން ދޭން އުޅުން ނުވަތަ ބަޔަކު ޒަޚަމްކޮށްލުމަށް މަސައްކަތް ކުރުމެވެ. އަހްމަދު ހަަސަން ގެ ޝަރީއަތުގެ ފުރަތަމަ މަޖިލިސް ހުކުރު ދުވަހު ބާއްވާފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އޮކްޓޯބަރު 13 ގައެވެ. 

އަހްމަދު ހަަސަންގެ ޝަރީއަތުގެ މަޖިލީހުގައި ޕްރޮސިކިއުޓަރުން ބުނެފައި ވަނީ ބޮން ރަނގަޅަށް ގޮވާފައިނުވާ ކަމަށާއި ބޮމާ އެކު ވަޅި އާއި އިސްކުރުތަކެއް ވެސް ޕެކްކޮށްފައިވާ ކަމަށެވެ. އިތުރަށް ޕްރޮސިކިއުޓަރުން ބުނެފައި ވަނީ ކުށެއް ނެތް އާންމުންތަކެއް މަރާލަން އަހްމަދު ހަސަން އުޅުނީ، އޭނާގެ "ސިޔާސީ ވިސްނުންތަކެއްގެ ސަބަބުން ކަމަށެވެ."

ރޭލުގައި ބޮން ގޮއްވި ހާދިސާއާއި ގުޅިގެން 30 މީހަކު ޒަޚަމްވެފައިވެއެވެ. 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް