ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 20:49
ޖެހިފައިވާ ބައްޔެއްގެ ސަބަބުން އިންޑިއާގެ ކުއްޖެއްގެ ލޯ ބޭރަށް ނުކުންނަނީ
ޖެހިފައިވާ ބައްޔެއްގެ ސަބަބުން އިންޑިއާގެ ކުއްޖެއްގެ ލޯ ބޭރަށް ނުކުންނަނީ
ޑެއިލީ މެއިލް
އިންޑިއާގެ ފަގީރުކަން
މި ކުއްޖާގެ ލޯ ބޭރުގައި، ފަގީރުކަމުން ބޭސްކުރެވޭކަށް ވެސް ނެތް؟
 
ބައްޕަ އަށް ދުވާލެއްގެ މައްޗަށް ލިބެނީ 150ރ. ގެ އާމްދަނީއެއް

މިއީ ބަލަން އެހާ ފަސޭހަ މަންޒަރެއް ނޫނެވެ. އިންޑިއާގެ އިރުއުތުރު ސަރަހައްދެއް ކަމަށްވާ ތްރިޕޫރާ އަށް އުފަން މި ޖައިލިއަން ކައިޕެންގްގެ އުމުރުން މިހާރު ދެ އަހަރު ވެއްޖެއެވެ. އުފެދުމުގައި ސިއްހަތު ރަނގަޅު މި ކުއްޖާ އަށް ލޮލުގެ މައްސަލަތައް ކުރިމަތިވާން ފެށީ އުމުރުން ދެ މަހުގައެވެ. ބެލެވޭ ގޮތުގައި އޭނާ އަށް ކުރިމަތިވެފައިވަނީ ކުޑަކުދިންގެ ލޮލަށް ޖެހޭ ކެންސަރުގެ މައްސަލައެކެވެ.


ދުވަސްވީ ވަރަށް ކުއްޖާގެ ލޯ ބޭރަށް ދަނީ ނުކުންނަމުންނެވެ. ފެށުނީއްސުރެ އެ ކުއްޖާ އުޅެމުން ދަނީ ވޭނުގައެވެ. ކުއްޖާގެ މައިންބަފައިންނަކީ ވަރަށް ފަގީރު ބައެއް ކަމުން ކުއްޖާ އަށް އެކަށީގެންވާ ސިއްހީ ފަރުވާ ދިނުމުގައި ވަނީ ނުކުޅެދިފައެވެ. އެ އާއިލާ އަށް އާމްދަނީ ލިބެމުން އައި ހަމައެކަނި އެ ކުއްޖާގެ ބައްޕަ ކުރާ މަސައްކަތުންނެވެ. ދުވާލެއްގެ މައްޗަށް ލިބެނީ 1.70 ޕައުންޑް (150 ރުޕީޒް) އެވެ. އަދި ކުއްޖާ އަށް އަޅާލުމަށް ގިނަ ވަގުތު ގޭގައި ހުންނަންޖެހޭތީ މިހާރު ވަޒީފާ އިން ވެސް ވަނި ވަކިކޮށްފައެވެ. 

 

 އެ ކުއްޖާގެ ބައްޕަ ނެއިރްބަންގްލާލް ކެއިޕެންގް ބުނީ ލޮލުގައި މައްސަލަތަކެއް ފާހަގަކުރެވިގެން ޑޮކްޓަރަށް ދެއްކި ކަމަށާއި ނަމަވެސް އެއީ ކޮން މައްސަލައެއްކަން ޑޮކްޓަރަށް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި ދަރިފުޅަށް ފަރުވާ ހޯދުމަށް އޭނާގެ ބިމުން ބައެއް 30،000ރުފީސް އަށް ވިއްކާލި ކަމަށާއި އަދި ގެރިއެއް 10،000 ރުޕީސް އަށް ވިއްކާލި ކަމަށް އޭނާ ބުންޏެވެ. 

ނެއިރްބަންގްލާލް ބުނީ އޭނާގެ ދަރިފުޅަށް ފަރުވާކުރާނެ ފައިސާ އަތުގައި ނެތުމުން ދަރިފުޅަށް ވާ ގޮތް ބަލަހައްޓައިގެން ތިބުން ނޫން ގޮތެއް ނެތް ކަމަށެވެ. ޖައިލިއަންގެ އިތުރުން 10 އަހަރުގެ ފިރިހެން ކުއްޖަކާއި ނުވަ މަހުގެ އަންހެން ކުއްޖެއް ވެސް އެ ދެމަފިރިންގެ އެބަ ތިއްބެވެ. 

މި އާއިލާގެ ވާހަކަ ނިއުސް އެޖެންސީއެއް ކަމަށްވާ ކަވާ އޭޝިއާ ޕްރެސް އިން ކަވާކުރުމާ އެކު އެހީދޭ ފަރާތްތަކުގެ އެދުމުގެ މަތިން އެ އެޖެންސީން މިހާރު ވަނީ އެ ކުއްޖާ އަށް އެހީވުމަށް ޕޭޖެއް ވެސް ހުޅުވާފައެވެ. (http://www.crowdfunder.co.uk/jailian-kaipeng-appeal)

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
98%
0%
3%
0%
ކޮމެންޓް