ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 16:59
އީމާންގެ 37 ވަނަ އުފަން ދުވަސް ބުރުޖީލް ހޮސްޕިޓަލުގައި ފާހަގަ ކުރީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން
އީމާންގެ 37 ވަނަ އުފަން ދުވަސް ބުރުޖީލް ހޮސްޕިޓަލުގައި ފާހަގަ ކުރީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން
އެޗްޓީ
އެންމެ ފަލަ އަންހެންމީހާ
ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ
 
މަރުވީ އޭނާގެ ހާލު ތިން ގުނަ އަވަހަށް ރަނގަޅު ވަމުން އަންނަ ކަމަށް ހޮސްޕިޓަލުން ހާމަކޮށްފައި ވަނިކޮށް

ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު މިސްރުގެ އެލެގްޒެންޑްރިއާ އަށް އުފަން އީމާން އަހްމަދު މަރުވެއްޖެއެވެ.

އާބޫދާބީގައި ބަރުދަން ލުއި ކުރުމަށް ފަރުވާ ހޯދަމުން ދިޔަ އީމާން މަރުވިކަން ބުރުޖީލް ހޮސްޕިޓަލުގެ އޮފިޝަލުން ހާމަ ކުރީ ހޯމަ ދުވަހުއެވެ.

ހޮސްޕިޓަލުގެ އޮފިޝަލުން ބުނީ އީމާން މަރުވީ ކިޑްނީގެ ބައްޔާއި، ހިތުގެ ބަލިފަދަ ތަފާތު މައްސަލަތައް ކުރިމަތި ވުމުގެ ސަބަބުން ކަމަށެވެ.

އީމާން މަރުވިކަން ހޮސްޕިޓަލުން ހާމަކުރީ އޭނާގެ ހާލަތު ރަނގަޅު ވަމުން އަންނަކަން ހާމަ ކުރިތާ މާގިނަ ދުވަހެއް ނުވަނީހެވެ. އީމާން ގެންދިޔައީ ބަރުދަން ލުއި ކުރުމަށް ވިހި ޑޮކްޓަރުން ހިމެނޭ ޓީމެއްގެ ބެލުމުގެ ދަށުން ފަރުވާ ހޯދަމުންނެވެ.

އަބޫދާބީއަށް އީމާން ގެނައީ އިންޑިއާގެ ސައިފީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް އޭނާގެ އާއިލާގެ މެމްބަރަކާއި ހޮސްޕިޓަލާ ދެމެދު ހިނގި ދެބަސްވުން ތަކަކަށް ފަހުގައެވެ. މުމްބާއީގައި ތިން މަސް ދުވަހު ފަރުވާ ހޯދުމަށްފަހު އީމާން އަބޫދާބީގެ ހޮސްޕިޓަލަށް ބަދަލު ކުރީ މޭ މަހުގެ 4 ވަނަ ދުވަހުއެވެ.

ފެބްރުއަރީ 11 ވަނަ ދުވަހު މުމްބާއީއަށް ފަރުވާ އަށް ގެނައިއިރު އީމާންގެ ބަރުދަނުގައި 504 ކިލޯ ގްރާމް ހުއްޓެވެ. މުމްބާއީގެ ސައިފީ ހޮސްޕިޓަލުގައި ދިން ފަރުވާގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ބަރުދަން 300 ކިލޯއަށް ދަށް ކުރެވުނެވެ.

އީމާން މަރުވި ޚަބަރު މި ލިބުނީ، އީމާން ފަރުވާގެ ދެވަނަ މަރުހަލާ ނިމޭއިރު އޭނާއަށް އަމިއްލަ އަށް ކައިބޮއި ހެދޭނެ ކަމަށާއި، އަދި އިލެކްޓްރިކް ވީލް ޗެއަރ އަބޫދާބީގެ ބުރުޖީލް ހޮސްޕިޓަލުގެ ޗީފް މެޑިކަލް އޮފި×ސަރު ޑރ.ޔާސީން އައް ޝަހާތު ދާދި ފަހުން ހާމަކޮށްފައި ވަނިކޮށްނެވެ. އީމާންގެ ހާލަތު ރަނގަޅު ވަމުން އަންނަކަން ހާމަކޮށްދޭ ވީޑިއޯ އެއް ހާމަކުރިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. ވީޑިއޯ އާ އެކު ހޮސްޕިޓަލުން ބުނީ އީމާން ރަނގަޅު ވަމުން އަންނަނީ ކުރިން ޕްލޭން ކުރި ވަރަށް ވުރެ ތިން ގުނަ ހަލުއިކޮށް ކަމަށެވެ.

އީމާން މަރުވި އިރު އޭނާގެ އުމުރަކީ 37 އަހަރެވެ. އޭނާގެ 37 ވަނަ އުފަން ދުވަސް ހޮސްޕިޓަލުގައި ފާހަގަ ކުރީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް