ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 16:03
ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ - ޚިޔާލު ހޯދުމުގެ ވޯޓުތައް ދައްކާ ގޮތުން ޝިންޒޯގެ މަޤްބޫލުކަން ދަނީ އިތުރުވަމުން
ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ - ޚިޔާލު ހޯދުމުގެ ވޯޓުތައް ދައްކާ ގޮތުން ޝިންޒޯގެ މަޤްބޫލުކަން ދަނީ އިތުރުވަމުން
އޭޕީ
ޖަޕާން
ޖަޕާނުގެ ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް ބޮޑުވަޒީރު އަބޭ ނިންމަވައިފި
 
ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހު

ޖަޕާނުގެ ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް ނިންމައި، އަންނަ އަހަރުގެ ކުރީކޮޅު އެޤައުމުގެ އާއްމު އިންތިޚާބު ބޭއްވުމަށް ނިންމައިފި އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލުމަށް ނިންމެވިކަން އިޢުލާން ކުރައްވާފައި މިވަނީ، ބޮޑުވަޒީރު އަބޭގެ މަޤްބޫލުކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ހޫނު މޫސުމުގައި ނެގި ޚިޔާލު ހޯދުންތަކުގެ ވޯޓުން، އަބޭގެ މަޤްބޫލުކަން ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށް ދައްކާފައިވާއިރު، އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލާއި ނިއުކްލިޔަރ ޕްރޮގްރާމާ ދެކޮޅަށް އަބޭ ގެންގުޅޭ އުސޫލުތަކާއި، ޖަޕާނުގެ އިދިކޮޅު ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމާ އެކު އިދިކޮޅު ފަރާތްތައް ބައިބައިވެފައިވުމުން، އަބޭގެ ސަރުކާރުގެ މަޤްބޫލުކަން ދަނީ އިތުރުވަމުންނެވެ. އެހެންކަމުން، ޤާނޫނު ހަދަ މަޖިލިސް އުވާލައި، އާ އިންތިޚާބަކަށް ގޮވާލާފައި މި ވަނީ ދަނޑިވަޅުގެ ފައިދާ ނެގުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބޮޑުވަޒީރުގެ މިނިންމެވުމާ އެކު، އަންނަ ބުރާސްފަތި ދުވަހު އެޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވާލާއިރު، އާ އިންތިޚާބު އަންނަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހަށް ތާވަލް ކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން އަބޭ ވަނީ، ތަޢުލީމާއި، ދަރަނި ކުޑަކުރުން އަދި އިޖްތިމާޢީ ކަންކަމަށް ޚަދަރު ކުރުމަށް ދެ ޓްރިލިއަން ޔެން (1.78 ބިލިއަން ޑޮލަރު)ގެ ސްޓިމިއުލަސް ޕެކޭޖެއް އިޢުލާން ކުރައްވާފައެވެ.

ބޮޑުވަޒީރުގެ އެންމެ އިސް މުޝީރުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އަބޭ ވިދާޅުވީ، މި ފައިސާ ޚަރަދުކުރާނީ، ތަޢުލީމަށް ދާއިރާއިން މާލީ އެހީތެރިކަން ދިނުމަށާއި، އިޖްތިމާޢީ ކަންކަމުގެ އިތުރުން، އިޤްތިޞާދު ވަރުގަދަ ކުރުމަށް ކޯޕަރޭޓް އިންވެސްޓްމަންޓް އިތުރުކުރުމާއި، އުފެއްދުންތެރިކަން އިތުރުކުރުމަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް