ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 12:03
ލީބިޔާ ގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އެގައުމަށް ވަނީ ލިބިފައި
ލީބިޔާ ގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އެގައުމަށް ވަނީ ލިބިފައި
އޭއެފްޕީ
ލީބިޔާ-އެމެރިކާ
އެމެރިކާ އިން ރައީސް ޓްރަމްޕް ގެ ވެރިކަމުގައި ލީބިޔާ އަށް ދިން ފުރަތަމަ ވައިގެ ހަމަލާ ދީފި
 
މިހަމަލާގައި އައިއެސްގެ 17 ހަނގުރާމަވެރިން މަރާލާފައިވޭ

 

އެމެރިކާ އިން ލީބިޔާ ގައި ހުންނަ އިސްލާމިކް ސްޓޭޭޓް (އައިއެސް) ގެ ޑެޒަޓް ކޭމްޕަކަށް ވައިގެ ހަމަލާދީ އައިސިސްގެ 17 ހަނގުރާމަވެރިންނާއި ތިން ވެހިކަލެއް ހަލާކު ކޮށްލައިފިއެވެ.

އެމެރިކާ އިން ލީބިޔާ އަށް ދިން ހަމަލާ އަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް މިއަހަރު ޖެނުއަރީގައި ވަޑައިގަތްފަހުން ދިން ފުރަތަމަ ހަމަލާއެވެ. 

"ޔޫއެސް އެފްރިކާ ކޮމާންޑް" އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާ އިން ވައިގެ ހަމަލާ ދިނީ ހުކުރު ދުވަހު ކަމަށާއި ހަމަލާ އަމާޒު ކުރި ކޭމްޕް އަކީ ލީބިޔާގެ ސިރްތު ސިޓީގެ ދެކުނުއިރުމަތިން 240 ކިލޯމީޓަރު ދުރުގައިވާ ކޭމްޕަކަށް ކަމަށެވެ. 

އެމެރިކާ އިން ދިން ހަމަލާ ދީފައި ވަނީ ސީރިޔާގެ ސަރުކާރު، "ލީބިޔާސް ގަވަމެންޓް އޮފް ނެޝެނަލް އެކޯޑް" އާއި ގުޅިގެންނެވެ. އަދި ހަމަލާ ދީފައި ވަނީ ހަތިޔާރު އެޅި ޑްރޯން ބޭނުންކޮށްގެންނެވެ. 

ލީބިޔާގެ ސިރްތު ސިޓީ އަކީ އެއްއިރެއްގައި އައިއެސްގެ ބާރު ވަރަށް ވަރަގަދަ ސިޓީއެެކެވެ. 

އެމެރިކާ އިން ވައިގެ ހަމަލާ ދިން އައިއެސް ގެ ކޭމްޕް އަކީ އައިއެސްގެ ހަނގުރާމަވެރިން ލީބިޔާ އިން ވަދެ ނިކުމެ ހެދުމަށް ބޭނުންކުރި ކޭމްޕެއްގެ އިތުރުން، ހަމަލާ ދިނުމަށް ރާވާ އަދި ހަތިޔާރުވެސް ރައްކާކުރުމަށް ބޭނުން ކުރި ކޭމްޕްއެކެވެ. 

 

 

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް