ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 10:47
އެތައްހާސް ރޮހިންޖާ މުސްލިމުން ވަނީ އެބައިމީހުންގެ ގައުމު ދޫކޮށްދާން ޖެހިފައި
އެތައްހާސް ރޮހިންޖާ މުސްލިމުން ވަނީ އެބައިމީހުންގެ ގައުމު ދޫކޮށްދާން ޖެހިފައި
އަލްޖަޒީރާ
ރޮހިންޖާ މުސްލިމުން
ބަންގްލަދޭޝް އަށް އެތެރެވަމުންދާ ރޮހިންޖާ މުސްލިމުންގެ އަދަދު ދަށްެވެއްޖެ: އދ އެޖެންސީތައް
 
އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން 400،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ވަނީ ހިޖުރަކޮށްފައި

 

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ހެދި އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަ ކުރަމުންދާ ރޮހިންޖާ  މުސްލިމުންގެ އަދަދު ފާއިތުވި ދެތިންދުވަސްތެރޭ ފާހަގަ ކުރެވޭ މިންވަރަށް ދަށްވެފައިވާ ކަމަށް ބަންގްލަދޭޝް ގައި ހަރަކާތްތެރިވާ އދ ގެ އެޖެންސީތަކުން ބުނެފިއެވެ. 

"އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން" ނުވަތަ އައިއޯއެމް ގެ ތަރުޖަމާނު ޕެޕީ ސިއްދީގު ބީބީސީ އަށް ވިދާޅުވީ ބަންގްލަދޭޝް އަށް ހިޖުރަ ކުރަމުންދާ ރޮހިންޖާ މުސްލިމުންގެ އަދަދު ފާއިތުވިދެތިން ދުވަސް ތެރޭ މަދުވިޔަސް "ގިނަ އަދަދަކަށް ބަންގްލަދޭޝްއަށް އެތެރެވަމުންދާ ރޮހިންޖާ މުސްލިމުން އެއްކޮށް މަދުވިޔޭ ދަންނަވަން އަދި މާ އަވަސް ކަމަށެވެ." ސިއްދީގް އިތުރަށް ވިދާޅުވީ ފާއިތުވި ދެތިން ދުވަސް ތެރޭ ބަންގްލަދޭޝް އަށް އެތެރެ ވަމުންދާ ރޮހިންޖާ މުސްލިމުންގެ އަދަދު ފާހަގަ ކުރެވޭ މިންވަރަށް ދަށްވެފައި ވަނީ މިޔަންމާގައި ރޮހިންޖާ މުސްލިމުން އުޅެމުންދާ ރަކައިން ސްޓޭޓުގައި ހިނގަމުންދާ ކަންކަން ނޭގޭތީ ކަމަށް ވެދާނެ ކަމަށެެވެ. އަދި ބަންގްލަދޭޝް އަށް ރޮހިންޖާ މުސްލިމުން އެތެރެ ވަނީ މިޔަންމާގައި އެބައިމީހުންނާ މެދު ހިނގަމުންދާ ހަމަނުޖެހުމުން ސަލާމަތްވުމަށް ކަމަށްވެސް ސިއްދީގް ވިދާޅުވިއެވެ. 

ހޮނިހިރު ދުވަހު ބަންގްލަދޭޝްގެ ބޯޑަރު ގާޑުން ބުނެފައި ވަނީ ބަންގްލަދޭޝް އަށް އެތެރެވަމުންދާ ރޮހިންޖާ މުސްލިމުން ގާތްގަނޑަކަށް އެއްކޮށްހެން ހުއްޓިފައިވާ  ކަމަށެވެ. 

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުން ވެ ސް މަހްރޫމް ކުރެވިފައިވާ ބައެކެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 400،000 އަށްވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައި ވެއެވެ.

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް