ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 05:39
ބޮޑުވަޒީރު ޝެއިޚް ހަސީނާ
ބޮޑުވަޒީރު ޝެއިޚް ހަސީނާ
ރޮއިޓަރސް
ބޮޑުވަޒީރު ޝެއިޚް ހަސީނާ
ބޮޑުވަޒީރު ޝެއިޚް ހަސީނާ އަވަހާރަކޮށްލަން ރޭވިކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް: ބަނގުލަދޭޝް ސަރުކާރު
 
ބޮޑުވަޒީރު ޝައިޚް ހަސީނާ އަވަހާރަ ކޮށްލަން ބަޔަކު މަސައްކަތް ކުރި ކަމަށް ބަނގްލަދޭޝްގެ  ބައެއް މީޑިއާގައި ވަނީ ފަތުރާފަ

ބޮޑުވަޒީރު ޝެއިޚް ހަސީނާ އަވަހާރަކޮށްލަން ރޭވިކަމަށް ބުނެ ފެތުރި ޚަބަރު ބަންގުލަދޭޝް ސަރުކާރުން ދޮގުކޮށްފިއެވެ.

 

މިދިޔަ އޮގަސްޓްމަހުގެ 24 ވަނަ ދުވަހު ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އަވަހާރަ ކޮށްލަން ބަޔަކު މަސައްކަތް ކުރި ކަމަށް ބަންގްލަދޭޝްގެ  ބައެއް މީޑިއާތަކުން ވަނީ ފަތުރާފައެވެ.

 

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ އޮފީހުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޮޑުވަޒީރު ހަސީނާގެ ހަށިފާރަވެރިންގެ ބަޔަކު، އިސްލާމީ ހަރުކަށި އެހެން ގްރޫޕަކާ ގުޅިގެން އެކަމަނާ އަވަހާރަ ކޮށްލަން މަސައްކަތް ކުރި ކަމަށް ބުނެ މީޑިއާއިން ފަތުރަމުން ގެންދަނީ އެއްވެސް ހަގީގަތެއް ނެތް، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

 

ޝައިޚް ހަސީނާ އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ މީޑިއާއިން ފަތުރަމުންގެންދާ ރިޕޯޓްތައް ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައި ވަރަށް ބޮޑަށް ވަނީ ކުށްވެރި ކޮށްފައެވެ. އަދި ބުނެފައިވަނީ، މީޑިއާގެ ބައެއް ވަސީލަތްތަކުން ހާމަކުރަމުންދާ ވާހަކަތަކަކީ އާންމުންނަށްދޭ ނުބައި މައުލޫމާތުތަކެއް ކަމަށާއި އަދި އެއީ ވަރަށްބޮޑު އޮޅުވާލުމެއް ކަމަށެވެ.

 

ބަންގްލަދޭޝް ސަރުކާރުގެ ނުފޫޒުގަދަ ވަޒީރަކާއި ހަވާލަދީ ވެރިކަންކުރާ އަވާމީ ލީގު ޕާޓީގެ ޑެޕިއުޓީ ލީޑަރު އުބައިދުލް ގާދިރު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ ބަނގްލަދޭޝްގެ ބަޔަކާއި ބޭރުގެ ޖަމާއަތްތައް ގުޅިގެން ބޮޑުވަޒީރު އަވަހާރަކޮށްލަން ރާވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއެވެ.

 

މިކަމާ ގުޅޭ ޚަބަރުތައް ބަނގްލަދޭޝް ސަރުކާރުގެ ރަސްމީ ނޫސް އޭޖެންސީންވެސް ފުރަތަމަ އާންމު ކުރިއެވެ. ނަމަވެސް ފަހުންވަނީ އެޚަބަރުތައް ނަގާފައެވެ.

 

ވެރިކަމަށް ވަޑައިގެންނެވިފަހުން ޝައިޚް ހަސީނާގެ ސަރުކާރުން ގެންދަނީ އިސްލާމީ ހަރުކަށި ވިސްނުމުގެ މީހުންނާ ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެތައްބަޔަކު ހިފައި ހައްޔަރުކޮށް މަރުގެ އަދަބުތައްވެސް ދެމުންގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
25 ސެޕްޓެންބަރ 2017 | ހޯމަ 15:32
ޢަލީނަސީރު
އިސްލާމީ ހަރުކަށި ވިސްނުމަކީ ކޮބާތަ؟؟؟
ގުޅުންހުރި