ކ. މާލެ
|
24 ސެޕްޓެންބަރ 2017 | އާދީއްތަ 13:37
މެޑިކަލް ދާއިރާގައި ރޮބޮޓް ބޭނުން ކުރުން އަންނަނީ އާއްމު ވަމުން
މެޑިކަލް ދާއިރާގައި ރޮބޮޓް ބޭނުން ކުރުން އަންނަނީ އާއްމު ވަމުން
ޖޫނިއަރޑެންޓިސްޓް.ކޮމް
ރޮބޮޓް
އިންސާނުންގެ އެހީތެރިކަމެއް ނެތި ރޮބޮޓެއް އިންސާނެއްގެ ދަތުގެ ފުރަތަމަ ސާޖަރީ ހަދައިފި
 
ރޮބޮޓް ފުރިހަމަ ކުރީ އިމްޕްލާންޓް ސާޖަރީއެއް

އިންސާނުންގެ ބައިވެރިވުމެއް ނެތި، ރޮބޮޓެއް އިންސާނެއްގެ ދަތުގެ ސާޖަރީ ފުރަތަމަ ފަހަރަށް ފުރިހަމަ ކޮށްފިއެވެ.

ސައުތު ޗައިނާ މޯނިންގ ޕޯސްޓުގައި ބުނެފައިވަނީ، ދަތް އިންދުމުގެ އެއްގަޑީއިރުގެ މި ޕްރޮސީޖަރ، ޗައިނާގެ ޝިއާންގެ ޝާންޒީ ޕްރޮވިންސްގައި ފުރިހަމަ ކުރި އިރު މެޑިކަލް ސްޓާފުން ތިބީ ހަމައެކަނި އޮޕަރޭޝަން ކުރިއަށްދާ ގޮތް ބެލުމަށެވެ. އެއްވެސް ގޮތަކަށް އޮޕަރޭޝަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައެއް ނުވެއެވެ.

އޮޕަރޭޝަންގައި އަންހެނެއްގެ އަނގައިގައި އައު ދެ ދަތް ރޮބޮޓް ވަނީ އިންދާ ފުރިހަމަ ކޮށްފައެވެ.

މި ރޮބޮޓް އުފައްދާފައިވަނީ، ބެއިންޖިންގ ގައި ހުންނަ ބީހާންގ ޔުނިވަސިޓީ އާއި ފޯތު މިލިޓަރީ މެޑިކަލް ޔުނިވަސިޓީގެ ސްޓޮމަޓޮލޮޖިކަލް ހޮސްޕިޓަލް ގުޅިގެންނެވެ.

އެ ހޮސްޕިޓަލްގެ ޑރ. ޒާއޯ ޔިމިން ބުނެފައިވަނީ ރޮބޮޓް އުފެއްދުމުގެ ބޭނުމަކީ، މިފަދަ ޕްރޮސީޖާތައް ހެދުމުގައި އިންސާނުންކަށް ހެދޭ ގޯސްތަކުން ދުރުހެލިވުން ކަމުގައެވެ.

ޗައިނާ އަކީ ޕްރޮފެޝަނަލް ޑެންސިޓުން ބޭނުންވާ ވަރަށް ނެތް ގައުމަކަށް ވުމާއެކު އެ ދަތި ފިލުވުމަށްވެސް މިފަދަ ރޮބޮޓްގެ ސަބަބުން ފަސޭހަތައް ވެގެންދާނޭ ކަމަށްވެސް ބެލެވެއެވެ.

އިންސާނުންގެ މުހިންމު ބޭނުންތަކަށް ރޮބޮޓް ބޭނުން ކުރުން އިތުރުވަމުންދާ އިރު ޖަޕާނުގައިވެސް ދަތުގެ ބައެއް ފަރުވާތަކަށް ރޮބޮޓް މިހާރުވެސް ބޭނުން ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
100%
0%
0%
0%
0%
ކޮމެންޓް