ކ. މާލެ
|
24 ސެޕްޓެންބަރ 2017 | އާދީއްތަ 13:11
މެލޭރިއާ ބައްޔަށް ޓެސްޓް ކުރުމަށް ނަގާފައިވާ ސާމްޕަލްތަކެއް
މެލޭރިއާ ބައްޔަށް ޓެސްޓް ކުރުމަށް ނަގާފައިވާ ސާމްޕަލްތަކެއް
ރޮއިޓަރސް
މެލޭރިއާ
ބޭހަށް ނުގުޑާ "ސުޕަރ މެލޭރިއާ" އޭޝިއާގައި ހަލުއި ކަމާއެކު ފެތުރެނީ
 
ސުޕަރ މެލޭރިއާ ފުރަތަމަ ދެނެގަނެވުނީ 2008 ވަނަ އަހަރު

ސުޕަރ މެލޭރިއާގެ ނަމުން ނަންދީފައިވާ ބޭހަށް ނުގުޑާ މެލޭރިއާ ބަލި އިރުމަތީ އޭޝިއާގައި ފެތުރެމުންދާ ކަމަށާއި، އިސާހިތަކު ދުނިޔޭގެ ފެންވަރުގެ ނުރައްކަލަކަށް މި ބަލި ވެގެން ހިގައިދާނެ ކަމަށް ބުނެ މިދާއިރާގައި ނަން ހިނގާ ސައިންސްވެރި އަކު އިންޒާރު ދީފިއެވެ.

މަދިރީގެ ޒަރީއާއިން އާއްމުކޮށް ފެތުރޭ މެލޭރިއާ ސުޕަރ މެލޭރިއާ ފުރަތަމަ ދެނެގަނެވުނީ 2008 ވަނަ އަހަރު ކެމްބޯޑިއާ އިން ކަމަށް ވިޔަސް މިހާރު މި ބަލި ވިއެޓްނާމް، ލާއޯސް އަދި ތައިލެންޑަށް ވަނީ ފެތުރިފައެވެ.

ލެންސެޓް އިންފެކްޝަން މައްޖަލާގައި މި ބައްޔާ ބެހޭ ގޮތުން ބެންކޮކްގައި ހުންނަ އޮކްސްފޯޑް ޓްރޮޕިކަލް މެޑިސިން ޔުނިޓްގެ މި ބަލީގެ ދިރާސާ ކުރާ ޓީމުގައި ހިމެނޭ ޕްރޮފެސަރ އާރޖެން ޑޮންޑްރޮޕް ޝާއިއުކޮށްފައިވާ ލިޔުމެއްގައިވަނީ ހަލުއިކަމާއެކު މި ބަލި ފެތުރެމުން ދިއުމަކީ މެލޭރިއާ ބަލި ނައްތާލުމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައެވެ.

އަހަރަކު ގާތްގަނޑަކަށް 212 މިލިއަން މީހުންނަށް މެލޭރިއާ ބަލި ޖެހޭ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ. ބަލި ޖެހޭ ގިނަ މީހުންނަކީ އެފްރިކާ ބައްރުގައި އުޅޭ މީހުންކަން ވެސް ފާހަގަ ކުރެވިފައިވެއެވެ. އެހެން ކަމުން ތަޖްރިބާކާރުންގެ ނަޒަރުގައި ސްޕަރ މެލޭރިއާ އެފްރިކާ ބައްރާ ހަމައަށް ފޯރައިފިނަމަ އޭގެ ނަތީޖާ ވަރަށް ގޯސްވެގެން ހިގައިދާނެ ކަމަށްވެސް ތަޖްރިބާކާރުން ދެކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
100%
0%
0%
0%
ކޮމެންޓް