ކ. މާލެ
|
24 ސެޕްޓެންބަރ 2017 | އާދީއްތަ 12:04
ވަރުން އަދި ރޭމޯ
ވަރުން އަދި ރޭމޯ
ގެޓީ އިމޭޖަސް
އޭބީސީޑީ3
"އޭބީސީޑީ3" ގައިވެސް ވަރުން ދަވަން
 
ފިލްމުގެ ޝޫޓިން ފަށާނީ މިހާރު އޭނާގެ މަސައްކަތް "ރޭސް3" ގެ ޝޫޓިން ނިންމުމަށްފަހުގައި

ޑައިރެކްޓަރ ރޭމޯ ޑި'ސޫޒާ ގެ ކާމިޔާބު ފިލްމު ފްރަންޗައިޒެއްކަމަށްވާ "އޭބީސީޑީ" ގެ ތިންވަނަ ފިލްމެއް ހެދުމަށް ނިންމާފައިވާ ކަމަށާއި އެ ފިލްމުގައިވެސް ފެނިގެންދާނީ ވަރުން ދަވަން ކަމަށް އޭނާ ބުނެފިއެވެ.

ރޭމޯ މިހެން ބުނެފައިވަނީ  ސްޓާ ޕްލަސްގެ ޑާންސް ޝޯ "ޑާންސް ޕްލަސް 3" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.  "އެނި ބޮޑީ ކޭން ޑާންސް" ނުވަތަ "އޭބީސީ" ގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 2013 ވަނަ އަހަރުގައެވެ. އަދި އޭގެ 2 އަހަރު ފަހުން އެ ފްރަންޗައިޒްގެ ދެވަނަ ފިލްމު "އޭބީސީޑީ2" ވަނީ ނެރެފައެވެ. އެއީ 2015 ވަނަ އަހަރުގެ ޖޫން 19 ވަނަ ދުވަހުގައެވެ.

ކާމިޔާބު ފްރަންޗައިޒް "އޭބީސީ" ގެ ދެވަނަ ބައިން ފެނިގެން ގޮސްފައިވަނީ ވަރުން ދާވަންގެ އިތުރުން ޝްރަދާ ކަޕޫރެވެ. އެހެން ނަމަވެސް "އޭބީސީޑީ3" ގައި ޝްރަދާ ފެންނާނެ ކަމެއް ރޭމޯ ހާމަ ކޮށްފައެއް ނުވެއެވެ. ރޭމޯ ބުނެފައިވަނީ އެ ފިލްމުގައި ވަރުންގެ އިތުރުން "ޑާންސް ޕްލަސް 3"ގެ ބައިވެރިން ކަމަށްވާ ރާގަވް އާއި ދަރްމޭޝް އަދި ޕުނީތު ވެސް މުހިއްމު ރޯލުތަކެއް ކުޅޭނެކަމަށެވެ.

ރޭމޯ ބުނެފައިވަނީ އެ ފިލްމުގެ ޝޫޓިން ފަށާނީ މިހާރު އޭނާގެ މަސައްކަތް "ރޭސް3" ގެ ޝޫޓިން ނިންމުމަށްފަހުގައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް