ކ. މާލެ
|
23 ސެޕްޓެންބަރ 2017 | ހޮނިހިރު 16:19
ކައިލީ ޖެނަރ އާއި ޓްރެވިސް ސްކޮޓް
ކައިލީ ޖެނަރ އާއި ޓްރެވިސް ސްކޮޓް
ގޫގުލް
ހޮލީވުޑް
ކައިލީ ޖެނަރ ބަލިވެއިނނީތަ؟
 
އީ! ނެޓްވަރކްއިން ވެސް މި ޚަބަރު ރިޕޯޓްކޮށްފައިވާކަން ފާހަގަ ކުރެވޭ
 
މިކާމާ ގުޅޭގޮތުން ކައިލީ އަދި އާއިލާގެ ބަހެއް ލިބިފައެއް ނުވޭ

އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރި، 20 އަހަރުގެ ކައިލީ ޖެނަރ ބަލިވެއިންކަމުގެ ރިޕޯޓްތައް ފެތުރެން ފަށައިފިއެވެ.

ކޯޓްނީ، ކިމް އަދި ކްލޯއީ ކާޑޭޝިއަންގެ އެންމެ ކުޑަ ކޮއްކޮ، ކައިލީ ބަނޑުބޮޑުކަމަށް އެމެރިކާގެ ގިނަ މީޑައާތަކުން ރިޕޯޓްކޮށްފައިވާ އިރު، މިކަމާ ގުޅޭ ގޮތުން ކައިލީ ނުވަތަ އާއިލާގެ ބަހެެއް އަދި ލިބިފައެއް ނުވެއެވެ.

ނަމަވެސް އާއިލާއާ ގާތް ބައެއް ފަރާތްތަކުން މީޑިއާއަށް މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓްތަކުގައި ވެއެވެ. އެގޮތުން، ޕީޕަލް މެގަޒިންއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކައިލީ ވިހާނީ އަންނަ އަހަރު ފެބްރުއަރީ ގައެވެ.

"(ކައިލީ ބަލިވެއިން ކަން) އާއިލާ މީހުންނަށް އިނގޭތާ ދުވަސް ކޮޅެއް ވެއްޖެ. މިހާރު ގާތް އެކުވެރިންނަށް އުފާވެރި މައުލޫމާތު ދޭން ފެށިތާ ދެތިން ހަފްތާ ވެއްޖެ،" ކަމަށް ކައިލީގެ ގާތް މީހެއް ބުނި ކަމަށް ޕީޕަލް މެގަޒިންއިން ރިޕޯޓްކޮށްފައި ވެއެވެ.

އަދި މިއީ ޕްލޭން ކުރިކަމެއް ނޫން ކަމަށާއި "ނަމަވެސް ދިރިއުޅުމުގެ މި ޗެެޕްޓަރާ މެދު ކައިލީ ހުރީ ވަރަށް އުފާވެ، އެކްސައިޓްވެފައި،" ކަމަށް ރިޕޯޓްތަކުގައި ވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ކައިލީ؛ އޭނާ މިހާރު ނިވާކޮށް ހެނދުން އަޅާކަން ބައެއް މީޑިއާ ތަކުން ފާހަގަކުރޭ

ކައިލީ ޖެނަރ ބައލިވެއިން ކަމަށް އަދި އެއްވެސް ރަސްމީ ފަރާތަކުން އެނގިފައި ނުވާއިރު، "އީ ނިއުސް"އިން ވެސް މި ޚަބަރު ރިޕޯޓްކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

ކައިލީ އާއި އާއިލާގެ ޝޯވް "ކީޕިން އަޕް ވިތު ދަ ކާާޑޭޝީއަންސް" އަކީ އީ! ނެޓްވަރކްގެ އެންމެ ކާމިޔާބު ޝޯވއެވެ. އެހެންކަމުން އެމީހުނާ ގުޅޭ، ކަށަވަރު ނުވާ ހަބަރުތައް ގެނެސްދީ ނޫޅެއް ޗެނަލެއްކަން ވެސް ފާހަގަކުރެވެ އެވެ.

މީގެ އިތުރުން "ލައިފް އޮފް ކައިލީ" އަކީ އީ!ގެ އެންމެ ފަހުގެ ޝޯއެވެ. މި ޝޯވގެ ފުރަތަމަ ސީޒަން އެންމެ އަށް އެޕިސޯޑަށް ފަހު ނިންމާލާފައިވާ އިރު، ޝޯވ އެ ހިސާބުން ނިންމާލީ ކައިލީ ބަނޑުބޮޑު ވުމާ ގުޅިގެން ކަމަށް ޝަައްކު ކުރެވެއެވެ.

ކައިލީ އާއި ޓްރެވިސްއަށް ކުއްޖެއް ލިބެން އުޅޭ ވާހަކަ ރިޕޯޓް ކުރުމާ އެކު، އޭނާގެ ކުރީގެ ލޯބިވެރިޔާ، ޓައިގާ ބުނީ ކައިލީ ބަލިވެ އިނނީ އޭނާގެ ކުއްޖަކަށް ކަމަށެވެ. ޓައިގާ މިހެން ބުނެފައި ވަނީ ސްނެޕްޗެޓް މެދުވެރިކޮށެވެ. ނަމަވެސް މިހާރު މިި ޕޯސްޓް ވަނީ ޑިލީޓް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
100%
0%
0%
0%
0%
0%
ކޮމެންޓް