ކ. މާލެ
|
22 ސެޕްޓެންބަރ 2017 | ހުކުރު 10:54
"ޕަދްމަވަތީ" ގެ ތިން ކާސްޓުން
"ޕަދްމަވަތީ" ގެ ތިން ކާސްޓުން
ގެޓީ އިމޭޖަސް
"ޕަދްމަވަތީ"
"ޕަދްމާވަތީ" ޑިސެމްބަރު 1 ގައި ރިލީޒް ކުރާނެކަން އިއުލާންކޮށްފި
 
"ޕަދްމަވަތީ"ގެ ޑައިރެކްޓަރަކީ ސަންޖޭ ލީލާ ބަންސާލީ

"ޕަދްމަވަތީ" ޑިސެމްބަރު މަހުގެ 1 ގައި ރިލީޒް ކުރާނެ ކަމަށް އިއުލާން ކޮށްފިއެވެ.

އެކަން އިއުލާންކޮށްފައި ވަނީ "ޕަދްމަވަތީ" ގެ ދެ ޕޯސްޓަރެއް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ކުރިން އެ ފިލްމު ރިލީޒް ކުރުމަށް ނިންމާފައި އޮތީ މިއަހަރުގެ ނޮވެމްބަރުމަހުގެ 17 ގައެވެ. އެހެން ނަމަވެސް  ފަހުން މީޑިއާގައި ވަނީ "ޕާދްމަވަތީ" ދައްކާނީ އަންނަ އަހަރުގެ ފެބްރުއަރީމަހުގައި ކަމަށް ބުނެފައެވެ.

"ޕަދްމަވަތީ"ގެ ޑައިރެކްޓަރަކީ ސަންޖޭ ލީލާ ބަންސާލީ އެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ދީޕިކާ ޕަދުކޯން، ރަންވީރު ސިންހް، ޝާހިދު ކަޕޫރު، ޖިމް ސާބް އަދި އަދިތީ ރާއޯއެވެ. "ޕަދްމަވަތީ"ގައި ދީޕިކާ ފެނިގެންދާނީ ރާނީ ޕަދްމަވަތީގެ ރޯލުންނެވެ. ދިޕިކާގެ ފިރިމީހާގެ ރޯލުން އެކްޓަރު ޝާހިދު ކަޕޫރު ފެނިގެންދާއިރު ރަންވީރު ފެނިގެންދަނީ އަލާއުއްދީން ހިލްޖީގެ ރޯލުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް