ކ. މާލެ
|
22 ސެޕްޓެންބަރ 2017 | ހުކުރު 10:41
އެމާ ސްޓޯން
އެމާ ސްޓޯން
ގެޓީ އިމޭޖަސް
އެމާ ސްޓޯން
އެމާ ސްޓޯން: އުމުރުން ހަތް އަހަރުން ފެށިގެން "އެންޒައިޓީ" އަށް އަންނަނީ ފަރުވާކުރަމުން
 
އެކްޓް ކުރަން ފެށުމުން އޭނާގެ "އެންޒައިޓީ" ހަޔާތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވޭ

އުމުރުން ހަތް އަހަރުން ފެށިގެން "އެންޒައިޓީ" އަށް ފަރުވާކުރަމުން އަންނަ ކަމަށް އެކްޓަރ އެމާ ސްޓޯން ބުނެފިއެވެ.

އެމެރިކާގެ ޝޯއެއް ކަމަށްވާ "ދަ ލޭޓް ޝޯ ވިތު ސްޓީވެން ކޯލްބާޓް" ގައި ބައިވެރިވެގެން އެމާ ދިން އިންޓަވިއުގައި ބުނީ އޭނާ އުމުރުން ހަތް އަހަރުން ފެށިގެން"އެންޒައިޓީ" އަށް ފަރުވާ ކުރަމުންދާ ކަމަށާއި މިހާރު ވެސް "އެންޒައިޓީ" އަށް ފަރުވާ ކުރަމުން ދާކަމަށެވެ.

މި ޝޯގައި އެމާ އަށް އޭނާ ކުޑައިރު ކުރަހާފައިވާ ފޮޓޯއެއް ދެއްކުމުން އެމާ ބުނެފައި ވަނީ އެއީ އޭނާގެ އުމުރުން ނުވަ އަހަރުގައި ކުރަހާފައިވާ ފޮޓޯއެއް ކަމަށެވެ. އެ ފޮޓޯގެ ކެޕްޝަންގައި ވަނީ "އައިއޭމް ބިގާ ދެން މައި އެންޒައިޓީ" މިހެންނެވެ. އެމާ އެ ފޮޓޯއަށް ކޮމެންޓް ކުރަމުން ބުނެފައިވަނީ އެ ފޮޓޯގައި ބޮޑުކޮށް ފެންނަނީ އޭނާ ކަމަށާއި ކުޑަކޮށް ފެންނަނީ އެންޒައިޓީ ކަމަށެވެ.

އެމާ ބުނެފައި ވަނީ ކުރިން އޭނާއަށް ނަފްސު ކޮންޓްރޯލް ނުވާހިސާބަށް ދިޔަ ނަމަވެސް މިހާރު އަމިއްލަ ނަފްސު ކޮންޓްރޯލް ނުވާ ހާލަތަށް ނުދާ ކަމަށެވެ.

އުމުރުން 28 އަހަރުގެ އެމާ ބުނެފައި ވަނީ އޭނާގެ އުމުރުން 15 އަހަރުން ފެށިގެން ފިލްމީ ދާއިރާއާ ގުޅުނު ކަމަށެވެ. އެކްޓް ކުރަން ފެށުމުން އޭނާގެ "އެންޒައިޓީ" ހަޔާތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވާ ކަމަށް ވެސް އެމާ ބުންޏެވެ.

އެމާ އެ އިންޓަވިއުގައި ބުނެފައިވަނީ މިހާރު "އެންޒައިޓީ" ހަމައަކަށް އެޅިއްޖެ ކަމަށާއި އޭނާގެ ތެރަޕިސްޓަކީ މޮޅު މީހެއް ކަމަށެވެ. އަދި އޭނާގެ ވިސްނުމާއި އުޅުން ވެސް އޭގެ ސަބަބުން ހަމައަކަށް އެޅިއްޖެ ކަމަށް އެމާ ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
100%
0%
0%
0%
ކޮމެންޓް