ކ. މާލެ
|
22 ސެޕްޓެންބަރ 2017 | ހުކުރު 08:39
ލިލިއަން ބެޓެންކޯޓް ނިޔާވެފައިވަނީ 94 އަހަރުގައި
ލިލިއަން ބެޓެންކޯޓް ނިޔާވެފައިވަނީ 94 އަހަރުގައި
ބީބީސީ
ލޯރެއަލް ކުންފުނި
ލޯރެއަލް ކުންފުނި ނިސްބަތްވާ ލިލިއަން ބެޓެންކޯޓް ނިޔާވެއްޖެ
 
ލިލިއަން ބެޓެންކޯޓް ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަދި މީހުންގެ ލިސްޓުގައި
 
ލޯރެއަލް އަކީ ދުނިޔޭގެ އެންމެ ބޮޑު ކޮސްމެޓިކްސް ކުންފުނި
 
އޭނާ މަރުވެފައިވަނީ 94 އަހަރުގައި

މަޝްހޫރު ކޮސްމެޓިކްސް ކުންފުނި ލޯރެއަލް ނިސްބަތްވާ ލިލިއަން ބެޓެންކޯޓް ނިޔާވެއްޖެ އެެވެ.

އޭނާ  މަރުވެފައިވަނީ އުމުރުން 94 އަހަރުގަ އެވެ. އެކަން އޭނާގެ އައިލާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާ ދިރިއުޅޭ ގޭގައި މަރުވެފައިވާ އިރު އޭނާ ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަދި އަންހެނުންގެ ލިސްޓުގަ އެވެ. އެގޮތުން 2017 ވަނަ އަހަރު އޭނާގެ މިލްކިއްޔާތުގެ އަގު 33 ބިލިއަން ޔޫރޯއަށް އަރައެވެ.

ލިލިއަން އޭނާގެ ކުންފުނީގެ ބޯޑު މެންބަރުކަމުން އިސްތިއފާދީފައި ވަނީ  2012 ވަނަ އަހަރު އެވެ.

ލޯރެއަލް ކުންފުނީގެ ޗެއަރމަން އަދި ސީއީއޯ ޖޯން ޕައުލް އެގަން ވިދާޅުވީ، ލިލިއަން ބެޓެންކޯޓް އަބަދުވެސް ލޯރެއަލްގެ މަސައްކަތްތައް ވަރަށް ގާތުން ބެއްލެވި ކަމަށާއި އެ ކުންފުނީގެ މުވައްޒަފުންނާއި ކުންފުނީގެ ނިންމުންތައް ވެސް ވަަރަށް ގާތުން ބެއްލެވި ކަމަށެެވެ. ލިލިއަންގެ ބޮޑު ހިއްސާއެއް އެކުންފުނީގެ ކުރިއެރުމާ ގުޅިފައިވާ ކަމަށް ލޯރެއަލްގެ ޗެއަރމަން ވިދާޅުވި އެވެ.

 ލިލިއަން ބެޓެންކޯޓް ނިޔާވެފައިވާ އިރު، އޭނާއާ ގުޅޭ މައްސަލައެއް ވެސް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ސިޔާސީ ބައެއް މަސައްކަތްތަކަށް ނަހަމަގޮތުގައި ފައިސާ ހޭދަކޮށްފައިވާކަން ވަނީ ފަޅާއަރާފަ އެވެ.

ލޯރެއަލްއަކީ ދުނިޔޭގެ އެންމެ ބޮޑު ކޮސްމެޓިކްސް ކުންފުންޏެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް
22 ސެޕްޓެންބަރ 2017 | ހުކުރު 10:27
ބިލިއަން
ބިލިއަންތައް ހިފައިގެންކަށްވަޅައް