ކ. މާލެ
|
21 ސެޕްޓެންބަރ 2017 | ބުރާސްފަތި 12:45
ސަންޖޭ ދަތުގެ ފިލްމް ބޫމީގެ ޕޯސްޓަރެއް
ސަންޖޭ ދަތުގެ ފިލްމް ބޫމީގެ ޕޯސްޓަރެއް
ގޫގުލް
ސަންޖޭ ދަތުގެ ފިލްމް
"ހިތްހަމަ ނުޖެހޭ ފަހަރު މަގޭ ބޫޓްތަކުން އަންހެނުން ހަމަލާދޭ": ސަންޖޭ ދަތު
 
ފިލްމުގައި ދައްކައިދެނީ ބައްޕައަކާއި ދަރިއެއްގެ ދެމެދުގައި އުފެދިގެންދާ ބަދަލު ހިފުމުގެ ރޫހުގެ ކަންތައް ގަނޑެއް
 
2016 ވަނަ އަހަރު ޖަލުން މިނިވަން ވުމަށްފަހު ސަންޖޭގެ ކުޅެފައިވާ ކަންބެކް ފިލްމް ބޫމީ އަކީ ވަރަށް ތަފާތު ފިލްމެއް

ބައެއްކަހަލަ ކުދި ކުދި ކަންކަމުގައި އަދި ބައެއް ފަހަރު މަޖަލަށް ވެސް އޭނާގެ އަންހެނުން މަންޔަތާ ދަތުގެ ބޫޓްގެ ހަމަލާތައް އަންނަ ކަމަށް ސަންޖޭ ދަތު ބުނެފިއެވެ.

ޖަލުން އެނބުރި އައުމަށް ފަހު ސަންޖޭ ކުޅުނު ފިލްމް "ބޫމީ" ގެ ޕްރޮމޯ އަކަށް ގޮސް ޒޫމް ޓީވީގެ "ޔާރު މޭރާ ސުޕާސްޓާ ސީޒަން2 " ގައި ބައިވެރިވެ، އޭނާގެ ޒާތީ ދިރިއުޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ސަންޖޭ ބުނީ އޭނާގެ ބޫޓްތައް ގިނަ ކަމަށެވެ. އަދި އެ ބޫޓްތަކުގެ ހަމަލާތައް ބައެއް ފަހަރު އޭނާގެ ބޮލަށް އަމާޒުވާ ކަމަށެވެ. މީ އޭނާގެ ބޫޓްތަކުގެ މޮޅުކަމުގެ ވާހަކަ ދެއްކުމަށް ކަނޑާލި ފޮންޏަކަށްވުން ވެސް ގާތެވެ. ސަބަބަކީ ސަންޖޭގެ ބޫޓްތައް ތައްޔާރު ކޮށްގެން މުޅީން ވެސް ގެންނަނީ މެކްސިކޯއިންކަމަށްވުމެވެ. އަދި އެއީ ހަމަ އެކަނި ސަންޖޭއަށް ޚާއްސަކޮށްގެން ހަދާ ބޫޓެވެ. ސަންޖޭ ބުނީ އޭނާއަށް ޚާއްސަކޮށްގެ ބޫޓް ހަދާނެ މީހަކު އޭނާ މެކްސިކޯއިން ހޯދީ ވަރަށް މަަސައްކަތުން ކަމަށެވެ. އަދި އޭނާ ބޭނުންވާ ގޮތަށް ބޭނުން ޑިޒައިނަކަށް އެމީހާ ބޫޓްތައް ތައްޔާރުކޮށްދޭ ކަމަށް ސަންޖޭ ބުންޏެވެ..

"ބޫޓްތައް ހުންނާނީ ޕްލާސްޓިކުން، އޭގެ ބައިވަރު އެބައޮތް، އެ އެއްޗެހިން ވަރަށް ބޮލަށް ހަމަލާއާދޭ" ހެމުން ހެމުން ސަންޖޭ ބުންޏެވެ.

އޭނާ ގެ އަންހެނުން ބޫޓުން ތަޅަނީ، ބޫޓްތައް ގޭތެރޭގައި ގިނެވެގެން އުނދަގޫވެގެން ކަމަށްވެސް ވެދާނެއެވެ. އެހެންނަސް އެވާހަކައެއް ސަންޖޭ ހާމައެއް ނުކުރެއެވެ.

2016 ވަނަ އަހަރު ޖަލުން މިނިވަން ވުމަށް ފަހު ސަންޖޭ ކުޅެފައިވާ ކަންބެކް ފިލްމް ބޫމީ އަކީ ވަރަށް ތަފާތު ފިލްމެކެވެ. އެކި ކަހަލަ އިހްސާސްތައް ކުރެވިގެންދާނެ މި ފިލްމަކީ ވަރަށް އަސަރުގަދަ ފިލްމަކަށް ވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފިލްމުގައި ދައްކައިދެނީ ބައްޕައަކާއި ދަރިއެއްގެ ދެމެދުގައި އުފެދިގެންދާ ބަދަލު ހިފުމުގެ ރޫހުގެ ކަންތައް ގަނަޑެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް