ކ. މާލެ
|
21 ސެޕްޓެންބަރ 2017 | ބުރާސްފަތި 11:00
ހަރިކޭން މަރިއާގެ ސަބަބުން ލިބިފައިވާ ގެއްލުން
ހަރިކޭން މަރިއާގެ ސަބަބުން ލިބިފައިވާ ގެއްލުން
ސީ.އެން.އެން
ހަރިކޭން މަރިއާ
ކަރަންޓު ނުލިބި މަސްތަކެއް ވޭތުވެދާނެ: ޕުއެޓެރީކޯގެ ގަވަރުނަރު
 
ޮުެޕުއެޓެރީކޯގެ މުއާސަލާތީ ވިއުގައަށްވެސް ވަނީ ބޮޑެތި ގެއްލުން ވެފަ
 
ހަރިކޭން މަރިއާގެ ސަބަބުން ޕުއެޓެރީކޯގެ ކަރަންޓު ވިއުގަ އެއްކޮށްހެން ވަނީ ހަލާކުވެފަ

ހަރިކޭން މަރިއާގެ ސަބަބުން ލިބުނު ގެއްލުމާއި ވިދިގެން ޕުއެޓެރީކޯގެ ރައްޔިތުންނަށް ކަރަންޓު ނުލިބި މަސްތަކެއް ވޭތުކުރަން ޖެހިދާނެކަމަށް އެ ރަށުގެ ގަވަރުނަރު ރިކާޑޯ ރޮސެލޯ ވިދާޅުވެއްޖެއެވެ.

ސީއެންއެންއާ ވާހަކަ ދައްކަމުން ރޮސެލޯ ވިދާޅުވެފައި ވަނީ ހަރިކޭން މަރިއާ ސަބަބުން ޕުއެޓެރީކޯގެ ކަރަންޓު ވިއުގަ އެއްކޮށްހެން ހަލާކުވެފައިވާ ކަމަށާއި އެ ރަށުގައި ދިރިއުޅެމުންދާ އެއްވެސް ރައްޔިތަކަށް ކަރަންޓުގެ ހިދުމަތް މިހާރު ނުލިބޭ ކަމަށެވެ. އަދި އެ ރަށުގެ ކަރަންޓު ވިއުގައަކީ ވަރަށް ދުވަސްވެ ރަނގަޅަށް ބަލަހައްޓަމުން ނުދާ ވިއުގައަކަށް ވާތީ އަލުން އަނބުރާ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމަށް އެތަކެއް މަސްތަކެއް ވޭތުވާނެ ކަމަށެވެ.

ރޮސޭލޯ ބުނެފައިވަނީ އިންޖީނުގެތަކަށް މާ ބޮޑެތި ގެއްލުންތަކެއް ވިކަމަށް ގަބޫލް ނުކުރެވޭ ކަމަށާއި އެހެން ނަމަވެސް ޑިސްޓްރިބިއުޝަން ސިސްޓަމް އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ.

ޕުއެޓެރީކޯއަށް މި ހަރިކޭންގެ ސަބަބުން ލިބުނު ގެއްލުން އެނގިގެންދާނީ އެ ރަށުގެ މަތިން ފްލައިއޯވާ އެއް ހެދުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ މުއާސަލާތީ ވިއުގަ ހަލާކުވުމާ ވިދިގެން ޕުއެޓެރީކޯގެ ސަރަހައްދުތަކަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ހަރިކޭން މަރިއާގެ ސަބަބުން ކެރީބިއަންގެ ގިނަ ރަށްތަކަށް ބޮޑެތި ގެއްލުން ވެފައިވާއިރު ބަހާމާސްއާ ޑޮމޮނިކަން ރިޕަބްލިކަށްވަނީ ހަރިކޭން މަރިއާ އަރާނެ ކަމުގެ އިންޒާރު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް