ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 23:28
މެކްސިކޯއަށް އަންގާރަ ދުވަހު އައި ބިންހެލުމަކީ ވޭތުވެ ދިޔަ 40 އަހަރު ތެރޭ އެގައުމަށް އައިސްފައިވާ އެންމެ ވަރުގަދަ ބިންހެލުން
މެކްސިކޯއަށް އަންގާރަ ދުވަހު އައި ބިންހެލުމަކީ ވޭތުވެ ދިޔަ 40 އަހަރު ތެރޭ އެގައުމަށް އައިސްފައިވާ އެންމެ ވަރުގަދަ ބިންހެލުން
އޭޕީ
މެކްސިކޯއަށް އައި ބިންހެލުން
މެކްސިކޯއަށް އައި ބިންހެލުމުގައި 220 މީހުން މަރުވެފައިވާ އިރު، އަދަދު އިތުރުވާނެ ކަމަށް ބެލެވޭ
 
މި ބިންހެލުން އައިސްފައި މިވަނީ މެކްސިކޯގެ ދެކުނު އައްސޭރި ފަށަށް އައި ބިންހެލުމެއްގައި 60 އަށް ވުރެ ގިނަ މީހުން މަރުވިތާ ދުވަސް ކޮޅެއް ފަހުން
 
މި ބިންހެލުމުގައި މިހާތަނަށް 220 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާ އިރު، މި އަދަދު އިތުރު ވާނެކަަމަށް ބެލެވޭ
 
މެކްސިކޯއަށް އަންގާރަ ދުވަހު އައި ބިންހެލުމަކީ ވޭތުވެ ދިޔަ 40 އަހަރު ތެރޭ އެގައުމަށް އައިސްފައިވާ އެންމެ ވަރުގަދަ ބިންހެލުން

މެކްސިކޯގެ ޕުއެބްލާ ސްޓޭޓަށް އަންގާރަ ދުވަހު އައި ވަރުގަދަ ބިންހެލުމުގައި 220 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް މިހާތަނަށް ކަށަވަރުވެފައިވާ އިރު، މި އަދަދު އިތުރު ވާނެކަމަށް ގަބޫލު ކުރެވޭ ކަމަށް އެ ގައުމުން ބުނެފިއެވެ.

ޕުއެބްލާ ސްޓޭޓް އަކީ މެކްސިކޯ ސިޓީއާ 123 ކިލޯމީޓަރ ދުރުގައި އޮންނަ ތަނެކެވެ. ނަމަވެސް ބިން ހެލުމުގައި އެންމެ ގިނަ ގެއްލުންތައްވެ، ގިނަ މީހުން މަރުވެފައި ވަނީ މެކްސިކޯ ސިޓީން ނެވެ.

މެކްސިކޯ ސިޓީގައި 40 އަކަށް އިމާރާތް ވެއްޓި 86 މީހުން މަރުވެފައިވާއިރު، ވެއްޓިފައިވާ އެލިމެންޓްރީ ސްކޫލެއްގެ ދަށުވެ އެކަނި 22 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތަކުގައިވެ އެވެ.  

އަދި މި އަދަދުތައް އިތުރު ވާނެކަމަށް ބެލެވޭ ކަމަށް ސަރުކާރު އޮފިޝަލުން ބުނެފައިވާ އިރު، އެހެން ސްޓޭޓްތަކުން ވެސް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ.

ގިނަ މީހުންތަކެއް އިމާރާތް ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭއިރު، ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް ގިނަ ފަރާތްތަކެއް ދަނީ މަސައްކަތް ކުރަމުންނެވެ.

7.1 މެގްނިޓިއުޓްގެ މި ބިންހެލުން އައިސްފައި މިވަނީ މެކްސިކޯގެ ދެކުނު އައްސޭރި ފަށަށް އައި ބިންހެލުމެއްގައި 60 އަށް ވުރެ ގިނަ މީހުން މަރުވިތާ ދުވަސް ކޮޅެއް ފަހުންނެވެ.

މިއީ 1985 ވަނަ އަހަރު މެކްސިކޯ ސިޓީއަށް އައި ބިންހެލުމަށް ފަހު އެ ގައުމަށް އައި އެންމެ ވަރުގަދަ ބިންހެލުމެވެ. އެ ބިންހެލުމުގައި އެތައް ހާސް މީހުން މަރުވެފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް