ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 22:20
ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން
ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން
އަލްޖަޒީރާ
ދެކުނު ކޮރެއާ
ރައީސް ޓްރަމްޕް އުތުރު ކޮރެެއާ އާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅަށް ދެކުނު ކޮރެއާ އިން ތާއީދު ކޮށްފި
 
ދެކުނު ކޮރެއާ އިން ރައީސް ޓްރަމްޕްގެ ވާހަކަފުޅަށް ތާއިދުކޮށްފައި ވަނީ އެގައުމުގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި

 

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަކީ "ރޮކެޓް މޭން" އެއް ކަމަށާ އުތުުރު ކޮރެއާ "އެކީ ނައްތާލަން" ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް އދ ގެ އާންމު މަޖިލީހުގައި ދެއްވުމަކީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން ހުއްޓާލަން ޖެހޭކަން އެގައުމަށް ދޭހަވާން ޖެހޭ ކަމެއް ކަމަށް ދެކުނު ކޮރެއާ އިން ބުދަ ދުވަހު ބުނެފިއެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން ގެ  އޮފީހުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޓްރަމްޕް ގެ ވާހަކަފުޅުން ދޭހަވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭޮގޮތުން އެމެރިކާ އިން ގެންގުޅޭ ސީރިއަސް ވިސްނުން ކަމަށެވެ. ބަޔާނުގައި އިތުރަށް ބުނީ ރައީސް ޓްރަމްޕްގެ ވާހަކަފުޅުން ދޭހަވެގެން ދަނީ ބައިނަލްއަގްވާމީ ދުނިޔޭގެ މުހިންމު މައްސަލަތަކުގައި އެމެރިކާގެ ވިސްނުން ހުރީ ހަރުދަނާ ކޮށްކަން ކަމަށެވެ. 

ދެކުނު ކޮރެއާ ގެ ރައީސް މޫން ޖެއި އިން ވެރިކަމަށް ވަޑައިގެންނެވީ އުތުރު ކޮރެއާ އާ މަޝްވަރާކޮށް ދެކޮރެއާގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރެއްވުމުގެ އުންމީދުގައެވެ. އެހެން ނަމަވެސް ސެޕްޓެމްބަރު ތިނެއްގައި އުތުރު ކޮރެއާ އިން ކުރި އެގައުމުގެ ހަވަނަ އަދި ކުރި އެންމެ ބޮޑު ނިއުކްލިއާ ޓެސްޓާ ގުޅިގެން ރައީސް ޖެއި އިން ވިދާޅުވެފައި ވަނީ އުތުރު ކޮރެއާ އާ މަޝްވަރާ ކުރަން ވަގުތު ރަނގަޅު ނޫން ކަމަށެވެ. 

އދ ގެ އާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ތަގުރީރު ކުރައްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ "ނުބައި މަދު ފަރާތްތަކާ ރަނގަޅު ގިނަ ފަރާތްތަކުން ކުރިމަތި ނުލައިފިނަމަ، ނުބައި ނުވަތަ ގޯސްކަން ކުރިއަރާ ދާނެ ކަމަށެވެ." އދ ގެ އާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ތަގުރީރު ކުރައްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ "ނުބައި މަދު ފަރާތްތަކާ ރަނގަޅު ގިނަ ފަރާތްތަކުން ކުރިމަތި ނުލައިފިނަމަ، ނުބައި ނުވަތަ ގޯސްކަން ކުރިއަރާ ދާނެ ކަމަށެވެ." ރައީސް ޓްރަމްޕްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ހަަރަކާތްތައް ހުއްޓުވާލުމުގައި އދ އިން އެމެރިކާ އާ ބައިވެރިވުމަށް ގޮވާލާފައެވެ. 

ބައިނަލްއަގްވާމީ ދުނިޔެއިން ތަކުރާރުކޮށް އުުތުރު ކޮރެއާ އަށް އަންގަމުން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެން ނަމަވެސް އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ ގޮވުންތަކަށް ދަނީ ބީރުކަންފަތެއް ދެމުންނެވެ. 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
100%
0%
ކޮމެންޓް