ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 16:49
ރައީސް ޓްރަމްޕް
ރައީސް ޓްރަމްޕް
ބީބީސީ
ރައީސް ޓްރަމްޕް
އުތުުރު ކޮރެއާ އެކީ ނައްތާލަން ޖެހިދާނެ: ރައީސް ޓްރަމްޕް
 
ރައީސް ޓްރަމްޕް މިމޭރުމުން ވާހަކަފުޅު ދެއްކެވީ  އދ ގެ އާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ތަގުރީރު ކުރައްވަމުން

 

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަކީ "ރޮކެޓް މޭން" އެއް ކަމަށާ އުތުުރު ކޮރެއާ "އެކީ ނައްތާލަން" ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

 އދ ގެ އާންމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ތަގުރީރު ކުރައްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ "ނުބައި މަދު ފަރާތްތަކާ ރަނގަޅު ގިނަ ފަރާތްތަކުން ކުރިމަތި ނުލައިފިނަމަ، ނުބައި ނުވަތަ ގޯސްކަން ކުރިއަރާ ދާނެ ކަމަށެވެ."

އުތުރުު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަށް އިޝާރާތް ކުރައްވާ "ރޮކެޓް މޭން" އޭ ވިދާޅުވެ ރައީސް ޓްރަމްޕް ވިދާޅުވީ "ރޮކެޓް މޭން ހުރީ ޖާނުންފިދާވުމުގެ މިޝަންއެއްގައި ކަމަށެވެ." ރައީސް ޓްރަމްޕް ވިދާޅުވީ އެމެރިކާ އަކީ ވަރަށް ކެތްތެރި އަދި ބާރު ހުރި ގައުމެއެް ކަމަށާ އެހެންނަމަވެސް އެމެރިކާ އާއި އެގައުމުގެ ރަހްމަތްތެރި ގައުމުތައް ދިފާއުކުރަން މަޖުބޫރު ވެއްޖެނަަމަ ދެން އޮންނާނެ ހަމައެކަނި ގޮތަަކީ "އުުތުރު ކޮރެއާ އެކީ ނައްތާލުން ކަމަށެވެ".

ރައީސް ޓްރަމްޕްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ހަަރަކާތްތައް ހުއްޓުވާލުމުގައި އދ އިން އެމެރިކާ އާ ބައިވެރިވުމަށް ގޮވާލާފައެވެ. 

އެެމެރިކާ އިން އދ. އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ ވެސް ވަނީ އުތުރު ކޮރެއާ އަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އެގޮތުން ނިކީ ހޭލީ ވިދާޅުވީ އުތުރު ކޮރެއާގެ "ވިސްނުމެއް ނެތް ފަރުވާ ކުޑަ އަމަލުތައް" ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ނަމަ އެމެރިކާ އާއި އެގައުމުގެ ގާތް ރަހްމަތްތެރި ގައުމުތަކުގެ ދިފާއުގައި  އުތުރު ކޮރެއާ "ނައްތާލަން ޖެހިދާނެ" ކަަމަށެވެ. 

އެެމެރިކާ އިން އދ. އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ އާދީއްތަ ދުވަހު ވިދާޅުވީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމާ ގުޅޭ ގޮތުން އދ. ގެ ސެކިޔުރިޓީ ކައުންސިލަށް ހުރި އޮޕްޝަންތައް ނުވަތަ ހުރި ގޮތްތައް މިހާރު ހުސްވެފައިވާ ކަމަށާއި ދެން އެމެރިކާ އިން ބަރޯސާ ވަނީ އެމެރިކާގެ ޑިފެންސް އިދާރާ ޕެންޓަގަންއަށް ކަމަށެވެ. 

ބައިނަލްއަގްވާމީ ދުނިޔެއިން ތަކުރާރުކޮށް އުުތުރު ކޮރެއާ އަށް އަންގަމުން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެން ނަމަވެސް އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ ގޮވުންތަކަށް ދަނީ ބީރުކަންފަތެއް ދެމުންނެވެ. 

.

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް