ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 12:34
"ފަސްޓް ދޭ ކިލްޑް މައި ފަދަރ" ގެ ޕޯސްޓަރެއް
"ފަސްޓް ދޭ ކިލްޑް މައި ފަދަރ" ގެ ޕޯސްޓަރެއް
ގެޓީ އިމޭޖަސް
އެންޖޮލީނާ ޖޯލީ
އަންނަ އަހަރު އޮސްކާއަށް އެންޖޮލީނާ ޖޯލީގެ ފިލްމެއް
 
އެ ފިލްމު ރިލީޒް ކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައި

މިއަންނަ އަހަރުގެ އޮސްކާ އެވޯޑަށް އެންޖޮލީނާ ޖޯލީ ގެ ފިލްމެއް ހުށައަޅަން ނިންމައިފިއެވެ.

ނުވަދިހަ ވަނަ އޮސްކާ އެވޯޑަށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ އެންޖޮލީނާ ޖޯލީ އެންމެ ފަހުން ޑައިރެކްޓްކޮށް ރިލީޒްކުރި ފިލްމު "ފަސްޓް ދޭ ކިލްޑް މައި ފަދަރ" އެވެ.

މިއީ ކެމްބޯޑިއާގެ ހޮވުމަކަށް ކެމްބޯޑިއާ އޮސްކާ ސެލެކްޝަން ކޮމެޓީން އަންގާރަ ދުވަހު ނިންމި ނިންމުމެކެވެ. އެންޖޮލީނާ ޖޯލީ ބުނެފައި ވަނީ މިއީ ފިލްމު އުފެއްދުމުގަ އާއި ފިލްމާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް ލިބުނު އުފަލެއް ކަމަށެވެ. އަދި އެކަމާ އުފާވާންޖެހޭ ކަމަށް އޭނާ ބުންޏެވެ. "ފަސްޓް ދޭ ކިލްޑް މައި ފަދަރ" އަކީ ކެމްބޯޑިއާގެ ލިޔުންތެރިއެއް ކަމަށްވާ ލައުންގް އުންގް ކުޑައިރު އޭނާއަށް ދިމާވި ހިތްދަތި ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

އެއީ ކެމާ ރޫޝްގައި ހިންގި ގަތުލުއާމެވެ. މި ފިލްމުގެ ވާހަކައިގައި ލައުންގް އޭނާއަށް ދިމާވި ހާދިސާ ވަރަށް ރަނގަޅަށް ކިޔައިދީފައި ވެއެވެ. އޮސްކާއަށް މި ފިލްމު ހުށައަޅަން ނިންމުމާ ގުޅިގެން ލައުންގް ބުނެފައި ވަނީ އޭނާއަށް ވަރަށް އުފާވެރިކަމެއް ގެނުވައިފި ކަމަށާއި މި ފިލްމުގެ ސަބަބުން އޭނާ އަށް ޝަރަފެއް ލިބިއްޖެ ކަމަށެވެ. އެއީ އޭނާ ލިޔުނު އަދި އޭނާއަށް އަމިއްލައަށް ތަޖުރިބާ ކުރެވުނު ވާހަކައެއް އަމިއްލަ ލިޔެވި އޭނާގެ ނަމުގައި ކެމްބޯޑިއާ ތަމްސީލު ކުރެވުން އެއީ އަދި މާ އުފާވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

 "ފަސްޓް ދޭ ކިލްޑް މައި ފަދަރ" އަކީ ނެޓްފްލިކްސް އިން އުފެއްދި ފިލްމެކެވެ. 

މި ފިލްމު ރިލީޒް ކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް