ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 12:12
"ބާގީ 2" ގެ ޕޯސްޓަރ
"ބާގީ 2" ގެ ޕޯސްޓަރ
ގޫގުލް
"ބާގީ 2"
"ބާގީ 2"ގައި ޓައިގާ ފެންނަނީ ބޯ ތަލަކޮށް؟
 
މި ފިލްމު ސިނަމާތަކަށް އަންނާނެކަމަށް ލަފާ ކޮށްފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގައި

ދެހާސް ސޯޅަ ވަނަ އަހރު ނިކުތް "ބާގީ" ގެ ދެ ވަނަ ބައިގެ ޝޫޓިން ފަށާފައިވާއިރު އެ ފިލްމުގައި ލީޑް އެކްޓަރު ޓައިގާ ޝްރޮފް އެ ފިލްމުން ފެންނާނީ ތަލަކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ފިލްމުގެ ޝޫޓިން މިދިޔަ މަހުގެ ތެރޭގައި ފަށާފައިވާއިރު ޓައިގާ ވަނީ އޭނާ މި ފިލްމަށް ތައްޔާރުވުމަށް އެއް މަސް ދުވަހުގެ ސްޓަންޓް ތަމްރީންތައް ވެސް ހަދާފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޓައިގާ މިފިލްމުގެ ޝޫޓިން ފަށާފައި ވަނީ ވަރަށް ތައްޔާރުވެގެން ކަމަށެވެ.

"ބާގީ" ގައި ވެސް ފެނިގެންދަނީ ޓައިގާ އެވެ. އެހެން ނަމަވެސް "ބާގީ" އާއި ތަފާތުކޮށް "ބާގީ 2" ގައި ޓައިގާ ފެންނާނީ ތަންކޮޅެއް ބިޔަކޮށް ކަމަށް ވެސް މީޑިއާގައި ވަނީ އަޑު ފެތުރިފައެވެ. އަދި ފިލްމުގައި ޓައިގާ ގެ ނެށުންތަކާއި އޭނާގެ ފެނިލުން ވެސް ތަފާތުވާނެ ކަމަށް ދަނީ ބުނަމުންނެވެ.  

"ބާގީ 2" ގައި ޓައިގާއާ އެކު ލީޑު ރޯލުން ފެނިގެންދާނީ ފިލްމީތަރި ދިޝާ ޕަޓާނީއެވެ. އަދިވެސް މި ފިލްމުގެ ޝޫޓިން ދަނީ ކުރިއަށެވެ. ފިލްމުގެ ޝޫޓިން ނިމޭނެ ދުވަހެއް އާންމު ކޮށްފައެއް ނުވެއެވެ. 

މި ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ލަފާ ކޮށްފައި ވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު