ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 11:58
"ހަސީނާ" ޕޯސްޓަރ
"ހަސީނާ" ޕޯސްޓަރ
ގޫގުލް
"ހަސީނާ"
"ހަސީނާ" ގެ ޓީމާ ދެކޮޅަށް ކޯޓަށް
 
މައްސަލަ ހުށައަޅާފައިވަނީ އެ ފިލްމުގެ ޕްރޮމޯޝަންތަކުގައި ލޭބަލް ބޭނުންކޮށްފައި ނުވާކަމަށް ބުނެ

މަކަރާއި އޮޅުވާލުމުގެ މައްސަލައިގައި "ހަސީނާ" ފިލްމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.

މި ފިލްމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅާފައި ވަނީ އެ ފިލްމުގެ ޕްރޮމޯޝަންތަކުގައި މެނުފެކްޗާ ކުންފުންޏެއްގެ ލޭބަލް ކަމަށްވާ އޭޖީޓީއެމް އިޝްތިހާރު ކޮށްފައި ނުވާ ކަމަށް ބުނެއެވެ.

އެ ކުންފުނިން ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި ބުނެފައިވަނީ "ހަސީނާ" ގައި ޝްރަދާ ލައިގެން ހުރި ހެދުންތަކުގައި އެ ކުންފުނީގެ ލޭބަލް އިޝްތިހާރު ނުކުރާ ކަމަށެވެ. އަދި އެއީ އެ ފިލްމުގެ އިސްފަރާތްތަކާއި އެ ކުންފުންޏާއި އެއްކޮށް ހަދާފައިވާ އެއްބަސްވުމާ ޚިލާފުކަމެއް ކަމަށް ކޯޓަށް ހުށައެޅި މައްސަލާގައި ވަނީ ބުނެފައެވެ.

އެގްރިމެންޓް ހަދާފައިވުމުން އެއާ ޚިލާފުވެއްޖެ ނަމަ ކަންތައް ވާނެ ގޮތް "ހަސީނާ" ގެ ޓީމަށް އެނގޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މިކަމާ ބެހޭ ގޮތުން "ހަސީނާ" ގެ ޓީމުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިންޑިއާގެ އެންމެ ނުރައްކާތެރި ކުށްވެރިޔާ ދާއޫދު އިބްރާހީމްގެ ކޮއްކޮ، އަދި ކުށުގެ ދުނިޔޭގެ ރާނީގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާ ހަސީނާ ޕާކަރްގެ ހަޔާތުގެ މައްޗަށް ހަދާފައިވާ "ހަސީނާ" ގައި ލީޑު ރޯލުން ފެނިގެން ދަނީ ޝްރަދާ ކަޕޫރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް