ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 10:10
 ވެއްޓިފައިވާ ސްކޫލްތަކުގައި ދަރިވަރުން ތާށިވެފައިވާކަަމުގެ ރިޕޯޓްތައްދަނީ ލިބެމުން
ވެއްޓިފައިވާ ސްކޫލްތަކުގައި ދަރިވަރުން ތާށިވެފައިވާކަަމުގެ ރިޕޯޓްތައްދަނީ ލިބެމުން
އޭއެފްޕީ
މެކްސިކޯ ބިންހެލުން
މެކްސިކޯއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 140އަށްވުރެ މައްޗަށް
 
ވެއްޓިފައިވާ ސްކޫލްތަކުގެ ދަށުގައި ކުދިން ތާށިވެފައިވާކަމުގެ ރިޕޯޓްތައް ދަނީ ލިބެމުން
 
މިލިއަނެއްހާ މީހުން ތިބީ ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފަ

މެކްސިކޯގެ މެދުތެރެއަށްއައި ބާރުގަދަ ބިންހެލުމުގައި އެ ގައުމުގެ އެތައް އިމާރާތްތަކެއް ވެއްޓި، 140 މީހުން މަރުވެއްޖެއެވެ.

މީހުން ސަލާމަތްކުރުމުގައި މަސައްކަތްކުރާ ފަރާތްތަކުން ދިރިހުއްޓައި  މީހަކު ފެނޭތޯ ބަލަމުންދާއިރު އެއްބައި ވެއްޓިފައިވާ ސްކޫލްތަކުގައި ދަރިވަރުން ތާށިވެފައިވާކަަމުގެ ރިޕޯޓްތައްދަނީ ލިބެމުންނެވެ.7.1 މެގްނިޓިއުޑްގައި ބިންހެލުމުގައި މެކްސިކޯގެ މޮރެލޮސް އަދި ޕުއެބްލާއަށް ވަނީ ގެއްލުންވެފައެވެ. 

މޮރެލޮސް ސްޓޭޓުން މަދުވެގެން 55 މީހުން މަރުވިއިރު ޕުއެބްލާއިން 32 މީހުން މަރުވިއެވެ. މެކްސިކޯ ސިޓީއިން 49 މީހުން މަރުވިއިރު މެކްސިކޯ ސްޓޭޓުން އިތުރު 10 މީހުން މަރުވެފައިވެއެވެ. މީގެއިތުރުން ޣެރޭރޯ އިން 3 މީހުން މަރުވެފައިވެއެވެ.

މިލިއަނެއްހާ މީހުން ތިބީ ކަރަންޓުގެ ޚިދުމަތުން މަހުރޫމުވެފައެވެ. ފޯން ލައިންތައް ވަނީ ކެނޑިފައެވެ. ގޭސް ހޮޅިތައް ފަޅައިގެން ގޮސްފައިވާތީ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް އޮފިޝަލުންވަނީ އަންގައިފަ އެވެ. 

މެކްސިކޯއަކީ ބިންހެލުން އާއްމު ގައުމަކަށްވާއިރު މި މަހުގެ ކުރީކޮޅު އެ ގައުމުގެ ދެކުނުގެ ސަރަހައްދަށް އައި 8.1 މެގްނިޓިއުޑް ގެ ބިންހެލުމެއްގައި މަދުވެގެން 90 މީހުންވަނީ މަރުވެފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް