ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 09:11
މިސްރުގެ ރައީސް އދ.ގައި ތަގްރީރު ކުރައްވަނީ
މިސްރުގެ ރައީސް އދ.ގައި ތަގްރީރު ކުރައްވަނީ
ގޫގުލް
ފަލަސްތީނު - އިޒްރޭލް
ފަލަސްތީނުން އިޒްރޭލާއެކު ސުލްހަ ގާއިމުކުރަން މިސްރުން ގޮވާލައިފި
 
އިޒްރޭލާ ދެމެދު ހުރި ތަފާތުވުންތައް ނައްތާލަން ޖެހޭ

ފަލަސްތީނުން އިސްރޭލާއެކު ސުލްހަ ގާއިމުކުރަން މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ ގޮވާލައްވައިފިއެވެ.

އަންގާރު ދުވަހު އދ.ގެ ޖެނެރަލް އެސެމްބްލީގައި ތަގުރީރު ކުރައްވަމުން ސީސީ ވިދާޅުވެފައި ވަނީ މެދުއިރުމަތީގެ ސުލްހަ މަސަލަސްކަން ބިނާވެފައި ވަނީ ފަލަސްތީނާއި އިޒްރޭލާ ދެމެދު އޮންނަ ގުޅުމަށް ކަމަށާއި އެހެން ކަމުން އެ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުކޮށް ސުލްހަވެރި ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އިޒްރޭލާ ދެމެދު ހުރި ތަފާތުތައް ނައްތާލައި، ފަލަސްތީނުގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިޒްރޭލްގެ ސަރުކާރާއެކު އެއްބަސްވުމަކަށް އައުމަށް އޭނާވަނީ ފަލަސްތީނުގެ ސަރުކާރަށް ގޮވާލައިފައެވެ.

އދ.ގައި ތަގްރީރު ކުރެއްވުމުގެ ކުރިން ސީސީ ވަނީ އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވާފައެވެ. ސީސީ ވަނީ، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއި އެ ގައުމުގެ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހާނިޔާއާ ފޯނުން ގުޅައި ވާހަކަ ދައްކަވާފަ އެވެ. 

ސީސީ ވިދާޅުވެފައި ވަނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކޮށް އިރުމަތީ ގުދުސް ވެރިކަންކުރާ ރަށެއްގެ ގޮތުގައި ހަމަޖެހިގެން ގޮސްފިނަމަ މެދުއިރުމަތީގެ ތަރައްގީ އާއި ހަމަޖެހުމުގެ މުޅިންއާ ދުވަހެއް ފެނިގެންދާނެކަމަށެވެ. ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ އެހީތެރިކަމާއެކު މެދުއިރުމަތީގެ ތާރީހުގައި އަމަންއަމާންކަމާއި ހަމަޖެހުމުގެ މުޅިން އާ ސަފްހާއެއް ލިޔުމުގެ އުއްމީދު އެބައޮތް ކަމަށްވެސް ސީސީ ވިދާޅުވިއެވެ.

1979 އިޒްރޭލާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރި ފަހުން މިސްރުން ވަނީ އެކި ފަހަރުގެ މަތިން ފަލަސްތީނާއި އިސްރާއިލާ ދެމެދު ސުލްހައިގެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކޮށްފައެވެ. ނަމަވެސް، 2014 ވަނަ އަހަރުގެ ފަހުން މި ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު