ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 00:28
ރަންވޭ މަތިން ކައްސާލި ސްޕައިސް ޖެޓްގެ ފްލައިޓް
ރަންވޭ މަތިން ކައްސާލި ސްޕައިސް ޖެޓްގެ ފްލައިޓް
ޓްވިޓަރ
މުމްބާއީ އެއާޕޯޓް ބަންދުކުރުން
ރަންވޭ މަތިން ފްލައިޓެއް ކައްސާލުމުން މުމްބާއީ އެއާޕޯޓްގެ އޮޕަރޭޝަން ހުއްޓާލައިފި
 
ރަންވޭ މަތިން ކައްސާލީ ސްޕައިސް ޖެޓްގެ ފްލައިޓެއް
 
އޮޕަރޭޝަންތައް ބުދަ ދުވަހު ފަށާނެ

ރަންވޭ މަތިން ފްލައިޓެއް ކައްސާލުމުން އިންޑިއާގެ މުމްބާއީ އެއާޕޯޓްގެ އޮޕަރޭޝަންތައް ހުއްޓާލައިފި އެވެ.

މުމްބާއީ އަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެމުންދާއިރު، ފްލައިޓް ރަންވޭ މަތިން ކައްސާލީ ބޮޑަށް ބެލެވޭ ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ރިޕޯޓްތައް ބުނެއެވެ.

ރަންވޭ މަތިން ކައްސާލާފައިވަނީ ސްޕައިސް ޖެޓްގެ ފްލައިޓެއް ކަމަށާއި، އެ ފްލައިޓް ރަންވޭ މަތިން ކައްސާލީ ޗަޓްރަޕަތީ ޝިވާޖީ މަހްރާޖް އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސިފަހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަންގާރަ ދުވަހުގެ ރޭ މި ހާދިސާ ހިނގާފައިވާއިރު، އެއާޕޯޓްގެ އޮޕަރޭޝަންތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު ހެނދުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
100%
0%
0%
0%
ކޮމެންޓް