ކ. މާލެ
|
19 ސެޕްޓެންބަރ 2017 | އަންގާރަ 09:52
މިޔަންމާގެ ލީޑަރ  އަންގ ސަން ސޫޗީ
މިޔަންމާގެ ލީޑަރ އަންގ ސަން ސޫޗީ
އޭއެފްޕީ
ރޮހިންޖާ މުސްލިމުން
ރަޚައިންގައި ހިނގަމުންދާ އިންސާނީ ހައްގުތަކާ ހިލާފުކަންކަން ކުށްވެރި ކުރަން، ހާލުގައި ޖެހިފައިވަނީ މުސްލިމުން އެކަންޏެއް ނޫން: ސޫކީ
 
ސޫޗީ މިހެން ވިދާޅުވީ، މިޔަންމާގެ ގާނޫނު ހަދާ މަޖިލީހުގައި އަންގާރަ ދެއްވި ތަގުރީރެއްގައި

ރަޚައިން ސްޓޭޓްގެ ހާލަތާ މެދު ދުނިޔޭގެ ކަންބޮޑުވުން އޮތްކަން އެނގިލައްވާ ކަމަށާއި މިޔަންމާ ސަރުކާރުން އިންސާނީ ހައްގުތަކާ ހިލާފު ހުރިހާ ކަމެއް ކުށްވެރިކުރާ ކަމަށް، އެ ގައުމުގެ ލީޑަރު ލީޑަރު އަންގ ސަން ސޫކީ ވިދާޅުވެއްޖެ އެވެ. 

ސޫކީ މިހެން ވިދާޅުވީ މިޔަންމާގެ ގާނޫނު ހަދާ މަޖިލީހުގައި އަންގާރަ ދެއްވި ތަގުރީރެއްގައެވެ. މިޔަންމާގެ ރޮހިންޖާ މުސްލިމުނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކަށް ދުނިޔޭގައި ނަޒަރު ހުއްޓިފައިވާ އިރު، މިއީ މިކަމާ ގުޅިގެން ސޫކީ ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.

"ރަޚައިންގެ ހާލަތާ މެދު ދުނިޔޭގެ އެކި ކަން ކޮޅުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުުން. އެކަކު އަނެކަކު ބޮލުގަ އިލްޒާމް އެޅުވުން ނުތަވަ ޒިންމާއިން ރެކުމަކީ މިޔަންމާ ސަރުކާރުން ބޭނުންވާ ގޮތެއް ނޫން. އިންސާނީ ހައްގުތަކާ ހިލާފު ކަންކަމާއި ގަވާއިދާ ހިލާފަށް ދެމުންދާ ހަމަލާތައް މިޔަންމާ ސަރުކާރުން ކުށްވެރި ކުރަން. މުޅި ސްޓޭޓްގައި ސުލްހަ މަސަލަސްކަމާއި ގާނޫނީ ހުކޫމަތު ދެމެހެއްޓުމަށް މިޔަންމާ ސަރުކާރުން މިހިރީ،" ސޫކީ ވިދާޅުވިއެވެ.

މީގެ އިތުރުން، ސެކިއުރިޓީ އޮޕަރޭޝަންތައް ކުރިއަށް ގެންދާ އިރު ކޯޑް އޮފް ކޮންޑަކްޓްއާ އެއްގޮތަށް މަސައްކަތް ކުރުމަށް އަސްކަރިއްޔާއަށް އަންގާފައިވާކަން ސޫކީ ފާހަގަ ކުރެއްވިއެވެ. އަދި ހަމަނުޖެހުންތަކާ ގުޅުމެއް ނެތް އާންމު ރައްޔިތުންނަށް އަނިޔާ ނުވާ ގޮތަށް އޮޕަރޭޝަންތައް ހިންގުމަށް އަންގާފައިވާނެކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އޮގަސްޓް 25 އިން ފެށިގެން މިޔަންމާގެ ރަޚައިން ސްޓޭޓްގައި ހަމަނުޖެހުންތައް ގިނަވެ، 400،000 އަށް ވުރެ ރޮހިންޖާ މުސްލިމުން ވަނީ ބަންގްލަދޭޝަށް ދަތުރުކޮށްފައެވެ. އަރަކަން ރޮހިންޖާ ސެލްވޭޝަން އާމީން ފުލުސް ޕޯސްޓްތަކަކަށް ހަމަލާ ދީފައިވާކަމަށް ބުނެ، މިޔަންމާ ސަރުކާރުން ވަނީ އެ ސަރަހައްދުގައި ސެކިއުރިޓީ އޮޕަރޭޝަނެއް ފަށާފައެވެ. ސަރުކާރުން ދަނީ އިންސާނީ އެހީ ފޯރުކޯށްދޭ ޖަމިއްޔާތަކަށް ހުރަސް އަޅަމުންނެވެ.

ސަރުކާރުން ބުނާ ގޮތުގައި ހަމަނުޖެހުންތައް ހިންގަމުންދަނީ ރޮހިންޖާ މުސްލިމުންނެވެ. ބަންގްލަދޭޝަށް ދަތުރުކުރި ފަރާތްތަކުން އަސްކަރިއްޔާއިން އެމީހުންގެ ގެތައް އަންދަމުންދާކަމަށް ތުހުމަދު ކުރުމުން، ސަރުކާރުން ބުނެފައިވަނީ ގަތެއް އަންދަމުން ދަނީ ވެސް ރޮހިންޖާ މުސްލިމުންކަމަށެވެ.

އަންގާރަ ދުވަހު ދެއްވި ތަގުރީރުގައި ސޫކީ ވިދާޅުވީ، ހަމަނުޖެހުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ހުރިހާ ފަރާތްތަކަށް ހަމްދަރްދީ ވެލައްވާކަމަށެވެ.

"ގެ ދޫކޮށް ދާން ޖެހިފައިވާ މީހުން ވަރަށް ގިނަ. ހަމަ އެކަނި މުސްލިމުންނެއް ނޫން، ނުވަތަ ރަޚައިން މީހުނެއް ނޫން. އިތުރު މައިނޯރިޓީ ގްރޫޕްތައް ވެސް ހިމެނޭ. ނަމަވެސް މި މީހުންގެ ވާހަކައެއް ދުނިޔޭގަ ގިނަ ކަންކޮޅުތަކަކަށް ނޭނގޭ،" ސޫކީ ވިދާޅުވިއެވެ.

ސޫކީ މިހެން ވިދާޅުވި އިރު، އދ.ފަދަ ޖަމިއްޔާތަކުގެ އިސް އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި މިޔަންމާ ސަރުކާރުން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަނީ "ނަސްލު ނައްތާލުމުގެ ލާމަސީލު މިސާލެއް"ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް