ކ. މާލެ
|
18 ސެޕްޓެންބަރ 2017 | ހޯމަ 11:58
ރޭލުގައި ގޮއްވާލި އައިއީޑީ
ރޭލުގައި ގޮއްވާލި އައިއީޑީ
ގޫގުލް
ލަންޑަން
ލަންޑަންގެ ރޭލް ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ދެވަނަ މީހާ ހައްޔަރުކޮށްފި
 
މިހަމަލާ އާއި ގުޅިގެން 30 މީހަކު ވަނީ ޒަޚަމްވެފައި

 

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ ހުޅަނގު ދެކުނު ސަރަހައްދުގެ ބިމު އަޑީ ރޭލު މަގު ނުވަތަ "ޓިއުބް" އިން ދަތުރުކުރި ރޭލެއްގައި ހުކުރު ދުވަހު ހެނދުނު ހިނގި ބޮން ގޮއްވުމުގެ ހާދިސާ އާއި ގުޅިގެން ހައްޔަރު ކުރި ދެވަނަ މީހާ ހައްޔަރުކޮށްފިއެވެ. 

އުމުރުން 21 އަހަރުގެ މި މީހާ ހައްޔަރު ކޮށްފައި ވަނީ ލަންޑަންގެ ހަންސްލޯ ސަރަހައްދުން ކަމަށް ރިޕޯޓުތައް ބުެނެއެވެ. 

"ޓިއުބް" އިން ދަތުރުކުރި ރޭލެއްގައި ހުކުރު ދުވަހު ހެނދުނު ހިނގި ބޮން ގޮއްވުމުގެ ހާދިސާ އާއި ގުޅިގެން 18 އަހަރުގެ ފިރިހެނަކު ފުލުހުން ކުރިން ވަނީ  ހައްޔަރުކޮށްފައެވެ.

ބޮން ގޮއްވުމުގެ ހާދިސާއާ ގުޅިގެން މިހާތަނަށް ދެމީހުން ހައްޔަރުކޮށްފައިވާއިރު އިނގިރޭސި ވިލާތުގެ ޓެރާ ތްރެޓް ލެވެލް، "ކްރިޓިކަލް" އިން "ސިވިއާ" އަށް ދަށްކޮށްފައެވެ. 

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ގޮއްވާލަން އުޅުނު ބޮން ރަނގަޅަށް ގޮވާފައި ނުވެއެވެ. އެ ބޮން ފުރިހަމައަށް ގޮވި ނަމަ ރޭލުގެ އެ ކެރީޖް ގައި ތިބި އެންމެން މަރުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސި ފުލުހުން ބުނެފައި ވަނީ ގޮއްވާލަން ބޭނުންކުރި ޑިވައިސް ނުވަތަ އައިއީޑީ ތައްޔާުރު ކުރަން ބޭނުންކުރި ގޮތުގެ ތަފްސީލް ހޯދަމުންދާ ކަމަށެވެ. 

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު