ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 17:48
ރާއްޖެ ޓީވީގެ ހައްޖު އެންޑް އުމްރާ ޕްރޮގްރާމް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެ ޓީވީގެ ހައްޖު އެންޑް އުމްރާ ޕްރޮގްރާމް އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
ހައްޖު އެންޑް އުމްރާ
ރާއްޖެ ޓީވީގެ ހައްޖު އެންޑް އުމްރާ ޕްރޮގްރާމް އިފްތިތާހްކޮށްފި
 
މި ޕްރޮގްރާމް ފަށާފައިވަނީ އެކްރޯ ކުންފުންޏާއި އަލް ޢައިން ހައްޖު އެންޑް އުމްރާ ގްރޫޕާއެކު

ރާއްޖެ ޓީވީގެ ހައްޖު އެންޑް އުމްރާ ޕްރޮގްރާމް އިފްތިތާހްކޮށްފި އެވެ.

މި ޕްރޮގްރާމް ފަށާފައިވަނީ އެކްރޯ ކުންފުންޏާއި އަލް ޢައިން ހައްޖު އެންޑް އުމްރާ ގްރޫޕާއެކު އެވެ.

މި ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކު ރާއްޖެ ޓީވީގެ ހަތަރު މުވައްޒަފަކު އުމްރާ އަށް ފޮނުވާއިރު، ހަތަރު ޖާގަ އާންމުންނަށް ހުޅުވާލާނެ އެވެ. އަދި އަހަރަކު ރާއްޖެ ޓީވީގެ މުވައްޒަފަކަށް ހައްޖު ދަތުރެއް ދޭނެ އެވެ.

މި ޕްރޮގްރާމް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ރާއްޖެ ޓީވީއަކީ ރާއްޖޭގެ އެންމެ މަގުބޫލް ޓީވީއަށް ވުމާއެކު، ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގެ އިތުރަށް ސްޓޭޝަންގެ އިޖުތިމާއީ ބޮޑު ޒިންމާއެއް އެބަ އޮތް ކަމަށެވެ.

"އެ އިޖުތިމާއީ ޒިންމާގެ ދަށުން އަޅުގަނޑުމެން މި ޕްރޮގްރާމް މިފެށީ. އިރާދަކުރެއްވިއްޔާ މާތް މަގުސަދެއްގައި ފެށި މި ޕްރޮގްރާމް ކާމިޔާބު ވެގެންދާނެ،" ފިޔާޒު ވިދާޅުވި އެވެ.

އެކްރޯ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ހުސައިން ވިދާޅުވީ މި ޕްރޮގްރާމްގައި އެ ކުންފުނިން ބައިވެރިވީ ރާއްޖެ ޓީވީގެ މުވައްޒަފުން ވަރަށް ބުރަ، ގައުމީ މަސައްކަތެއް ކުރަމުން ގެންދާތީ އެ މުވައްޒަފުންނަށާއި ރާއްޖެ ޓީވީއަށް ހެޔޮކަމެއް ކޮށްދިނުމަށް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ދެ ފަރާތަށް ވެސް ކާމިޔާބީ ތަކެއް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެޓީވީއަކީ ޤައުމީ ވަރަށް ބުރަ މަސައްކަތެއް ކުރާ ޓީވީ ސްޓޭޝަނެއް. ދިވެހިރާއްޖޭގައި އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިންނާއި ގުޅޭ ދިވެހި ރައްޔިތުންގެ ޓީވީ ސްޓޭޝަންއަކީ ރާއްޖެޓީވީ," އަހްމަދު ހުސައިން ވިދާޅުވިއެވެ.

އަލް ޢައިން ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އައް ޝައިޚް ހުސައިން ރަޝީދު ވިދާޅުވީ ރާއްޖެ ޓީވީގެ މި ޕްރޮގްރާމް ކާމިޔާބު ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި މަސައްކަތަކީ އިޙްލާސްތެރިކަމާއެކު ކުރެވޭ އަޅުކަމަކަށް ވުމަށް،" ހުސެއިން ރަޝީދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް
19 ސެޕްޓެންބަރ 2017 | އަންގާރަ 10:44
ޢަބްދުއްރަޝީދު
ޢާމުންނަށް 4 ފުރުޞަތެއްލިބޭނެކަމަށް ބުނެފައިވާއިރު އެއީ ކޮންގޮތަކަށް ކޮންބަޔަޔަކަށް ކިހިނެއްލިބޭ ފުރުޞަތެއްކަން އޮޅުންފިލުވައިދިނުން ވަރަށްބޮޑައް އެދެމެވެ..