ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 13:06
އެއް އަހަރުގެ ތުއްތު އަންހެން ކުއްޖަކު އޭނާގެ ބައްޕައަށް ގޭތެރޭގައި އެހީތެރިވަނީ
އެއް އަހަރުގެ ތުއްތު އަންހެން ކުއްޖަކު އޭނާގެ ބައްޕައަށް ގޭތެރޭގައި އެހީތެރިވަނީ
އިންސްޓަގްރާމް
ތުއްތު ކުދިން
އެއް އަހަރުގެ ތުއްތު އަންހެން ކުއްޖަކު އޭނާގެ ބައްޕަ އަށް އެހީވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވައިރަލް ވެއްޖެ
 
ވީޑިއޯ ނަގާފައިވަނީ ކުއްޖާގެ މަންމަ

އެއް އަހަރުގެ ތުއްތު އަންހެން ކުއްޖަކު އޭނާގެ ބައްޕައަށް އެއްޗެހި ދޮންނަން އެހީވެދޭ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެއެވެ.

އަޒަރާ ޗިއާ ނަމަކަށް ކިޔާ ތުއްތު ކުއްޖާ ވީޑިއޯގައި ފެންނަނީ، އޭނާގެ ބައްޕަ ދޮންނަ މެޝިނުން ދޮވެފައި ހުރި ހެދުންތަކެއް ނަގާފައި ދިނުމުގައި ހިއްކާ މެޝިންގެ ތެރެއަށް ފަހަރަކު އެއްޗެއް ވަރަށް ފަރުވާތެރި ކަމާއެކު ލަމުންދާ މަންޒަރެވެ.

މި ދިޔަ ހަފްތާގެ އާދިއްތަ ދުވަހު މި ވިޑީއޯ ނަގާފައިވަނީ އެ ކުއްޖާގެ މަންމަ އޭޝްލީ ޗިއާ އެވެ.

އިންސަޓަގްރާމްގައި ޕަބްލިޝްކޮށްފައިވާ މި ވީޑޯއަށް ހަފްތާ ނުނިމެނީސް ތޭރަ ހާހަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

ވީޑިއޯގެ ކެޕްޝަންގައި:

"ޒިންމާދާރު މީހެއްގެ ގޮތުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިފުޅު ބޮޑުވާން ބޭނުންވާނެ. އެކަން ފަށަން ޖެހޭނީ އަމިއްލަ ގޭ ތެރެއިން. ގަބޫލު ކުރޭ، ދަރިފުޅަށް ކޮންމެ ކަމެއް ކޮށްދޭނަމަ ފަހުން އޭގެ ގެއްލުން ކުދިންނަށް ކުރާނެ. އަހަރެމެންގެ ގޭގައި ކޮންމެ މީހަކީވެސް އެހީތެރިވާ މީހެއް" ކުއްޖާގެ މަންމަ އޭޝްލީ ބުނެފައިވެއެވެ.

މި ކަމާ ބެހޭ ގޮތުން ކުއްޖާގެ މަންމަ އިތުރަށް ބުނެފައިވަނީ، އެދުވަހު ދޮވި ހުރިހާ އެއްޗެއް ހިއްކާ މެޝިނަށް އެޅުމުގައި އޭނާގެ ބައްޕަ ބްރަޔަން އަށް އެހީތެރިވެ ދީފައިވާ ކަމަށެވެ. އަދި އެކަމާ އެހާ ހައިރާން ނުވާ ކަމަށާއި، ގޭތެރޭގައި މަސައްކަތުގައި އުޅޭއިރު މަސައްކަތް ކުރާގޮތް ވަރަށް ޝައުގުރިކަމާއެކު ބަލަން ތުއްތު ދަރިފުޅު ހުންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް މަންމަ ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
100%
0%
0%
0%
0%
ކޮމެންޓް
17 ސެޕްޓެންބަރ 2017 | އާދީއްތަ 20:52
އަލީ
ކުދިން ތަރުބިއްޔަތު ކުރަން ދިވެހި މައިންނަކަށް ނޭނގޭ...މިކަހަލަ ވީޑިއޯ ފެނުމުން އެހެން ހިތައް އަރަނީ...