ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 12:02
ރޮހިންޖާ ދަރިކޮޅުގެ ކުޑަކުއްޖެއް
ރޮހިންޖާ ދަރިކޮޅުގެ ކުޑަކުއްޖެއް
ހިއުމަން ރައިޓްސް ވޮޗް
ރޮހިންޖާ މުސްލިމުން
ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާ ރޮހިންޖާ މުސްލިމުންގެ ހަރަކާތްތައް ހަނިކުރަނީ
 
ބަންގްލަދޭޝްއަށް 400000 ވުރެ ގިނަ ރޮހިންޖާ މުސްލިމުން ވަނީ ހިޖުރަކޮށްފައި

 

މިދިޔަ މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ 400000 އަށް ވުރެ ގިނަ މީހުންގެ ހަރަކާތްތައް ނުވަތަ މޫވްމެންޓްތައް ހަނިކުރަން ބަންގްލަދޭޝް އިން ނިންމަައިފިއެވެ. 

ބަންގްލަދޭޝް ފުލުހުން ބުނާ ގޮތުން ބަންގްލަދޭޝް އަށް ހިޖުރަކޮށްފައިވާ ރޮހިންޖާ މުސްލިމުން ތިބެން ޖެހޭނީ ބަންގްލަދޭޝް ސަރުކާރުން އެމީހުން ތިބުމަށް ހަމަޖައްސާފައިވާ ތަންތަނުގައެވެ. އަދި އެމީހުންނަކަށް ތިބިތަނުން، ބަންގްލަދޭޝްގެ އެހެންތަނަކަށް ދަތުރު ނުކުރެވޭނެއެވެ. އަދި އެމީހުންގެ އާއިލާގެ މެމްބަރުންނާއި އަދި ރަހްމަތްތެރިންނާއެކު އުޅުމަށް ވެސް ދަތުރު ނުކުރެވޭނެ ކަމަށެވެ. 

ބަންގްލަދޭޝް ސަރުކާރުން ހާމަކޮށްފައި ވަނީ ބަންގްލަދޭޝްގެ ސިޓީއެއް ކަމަށްވާ ކޮކްސް ބާޒާރްގައި 400000 އެއްހާ ރޮހިންޖާ މުސްލިމުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޕްލޭންތައް ކަނޑައަޅާފައިވާ ކަމަށެވެ. 

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުން ތުހުމަތު ކުރަމުން ދަނީ މިޔަންމާގެ އަސްކަރިއްޔާ އިން ރޮހިންޖާ މުސްލިމުންގެ ވިލެޖްތައް އަންދަމުންދާ ކަމަށެވެ. 

މިދޔަ މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންެނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުން ވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ. 

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
100%
0%
0%
0%
0%
0%
ކޮމެންޓް