ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 11:48
އާމިރު ޚާން
އާމިރު ޚާން
ގެޓީ އިމޭޖަސް
"ތަގްސް އޮފް ހިންދުސްތާން"
އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން"ގައި ވެސް ތަފާތު ގޮތަކަށް
 
ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު

އާމިރު ޚާނު މިހާރު ޝޫޓް ކުރަމުންދާ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގައި ތަފާތުގޮތަކަށް ހުންނަ ފޮޓޯތަކެއް ވައިރަލް ވެއްޖެއެވެ.

އެ ފޮޓޯއިން ފެންނަ ގޮތުގައި އާމިރު ޚާންގެ ތުބުޅި ވަނީ އެއްކޮށް ދިގުކޮށްލާފައެވެ. އަދި އޭނާގެ އިސްތަށިގަނޑުވެސް ވަނީ ދިގުވެފައެވެ. ޚަބަރުތައް ބުނާގޮތުގައި އާމިރު ޚާން"ތަގްސް އޮފް ހިންދުސްތާން" ކުޅުމަށް ވަނީ އެތަށް ކިލޯއެއް ހަށިގަނޑުން ލުއިކޮށްލާފައެވެ.

އަޑުތައް ފެތުރިފައިވާ ގޮތުގައި އާމިރު ޚާން މި ފިލްމުން ފެންނާނީ "ޕައިރެޓްސް" ނުވަތަ ކަނޑުފޭރޭ މީހެއްގެ ގޮތަށެވެ.

މި ފިލްމުގައި އާމިރު ޚާންގެ އިތުރުން ފެނިގެންދާނީ އަމީތާބް ބައްޗަން، ކެޓްރީނާ ކައިފް އަދި ފާތިމމާ ސަނާ ޝައިޚްއެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގައެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ވިޖޭ ކްރިޝްނާ އަޗާރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު
މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން، ބިރުދައްކައިގެން ވޯޓު ހޯދުން - ރައީސް ސާލިހު
މަޖިލިސް އިންތިޚާބުގެ ބަޖެޓްގެ ކަންކަން ހަމަޖެހޭނެ، އިތުރަށް 10 މިލިއަން ޚަރަދުވާނެ - އީސީ
މައުލޫމާތު ހާމަކުރާއިރު، ފަނޑިޔާރުންގެ މަސައްކަތާ ގުޅުންހުރި ކަންކަމުގައި ސަމާލުވާންޖެހޭ ކަންކަން ފާހަގަކުރުމަށް ބައްދަލުވުމެއް ބާއްވައިފި