ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 11:57
ޝްރަދާ ކަޕޫރު
ޝްރަދާ ކަޕޫރު
ގޫގުލް
"ސާހޯ"
"ސާހޯ" ގައި ޝްރަދާ ޑަބަލް ރޯލުން ނުފެންނާނެ
 
ސިނަމާތަކަށް "ސާހޯ" އަންނާނީ އަންނަ އަހަރުގައި

ޝްރަދާ ކަޕޫރުގެ ފުރަތަމަ ތެލުގޫ ފިލްމު "ސާހޯ" ގައި އޭނާ ފެންނާނީ ޑަބަލް ރޯލުން ކަމަށް އަޑުތައް ފެތުރިފައި ވީ ނަމަވެސް އޭނާ އެގޮތަށް ނުފެންނާނެ ކަމަށް ޝްރަދާ ބުނެފިއެވެ.

ޝްރަދާ ބުނެފައިވަނީ އޭނާ "ސާހޯ" ގައި ޑަބަލް ރޯލުން ނުފެންނާނެ ކަމަށާއި އެހެން ނަމަވެސް ފިލްމުގައި އޭނާ ކުޅޭ ރޯލު ތަފާތުވާނެ ކަމަށެވެ.

"ސާހޯ" ޝޫޓް ކުރުމުގެ މަސައްކަތް ޝްރައްދާ މިހާރު ފަށާފައިވާއިރު އޭނާ ވަނީ ޝޫޓިން ފެށުމުގެ ކުރިން ތެލުގޫ ބަސް ދަސް ވެސް ކޮށްފައެވެ. ޝްރަދާ ބުނެފައިވަނީ އޭނާގެ ފުރަތަމަ "މަލްޓި-ލިންގުއަލް" ފިލްމަށް ވީތީ ވަރަށް އުފާވާ ކަމަށާއި ތެލުގޫ އާއި ހިންދީ ބަހުން ޝޫޓް ކޮށްގެން ގެނެސްދިނުން އެއީ އޭނާއަށް ވަރަށް ޝައުގުވެރިވި ކަމެއް ކަމަށެވެ. އަދި ކޮންމެ ސީންއެއްވެސް ދެ ބަހަކުން ޝޫޓް ކުރުން އެއީ ވަރަށް ގަޔާވާ ކަމެއް ކަމަށެވެ.

"ސާހޯ" ގައި ޝްރަދާއާ އެކު ލީޑު ރޯލުން ފެނިގެންދާނީ "ބާހުބަލީ" ފްރަންޗައިޒްގެ ބަތޮލް ޕްރަބާސްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް