ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 06:30
ރޮހިންޖާ މުސްލިމުން އެހެން ޤައުމަކަށް ހިޖުރަ ކުރަނީ
ރޮހިންޖާ މުސްލިމުން އެހެން ޤައުމަކަށް ހިޖުރަ ކުރަނީ
އަލްޖަޒީރާ
ރޮހިންޖާ މުސްލިމުން
ރޮހިންޖާ މުސްލިމުން ސްރީލަންކާއަށް ނުވެއްދުމަށް ގޮވާލާ ލަންކާ ބުޑިސްޓުން ޕެޓިޝަނެއްގައި ސޮއި ކުރަނީ
 
ސްރީލަންކާގެ އާބާދީގެ 70 އަށް ވުރެ ބޮޑު ބައެއް ބުޑިސްޓުން

މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުން ގެންދާ ޖަރީމާތަކަށް ފިލުމަށް މިޔަންމާއިން ބޭރުވާ ރޮހިންޖާ މުސްލިމުން ސްރީލަންކާއަށް ވަނަ ނުދިނުމަށް ގޮވާލާ ސްރީލަންކާގެ ބުޑިސްޓުން ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފިއެވެ.
އިންޑިޕެންޑެންޓު ސްކެއާގައި އިއްޔެ ބޭއްވި އެއްވުމެއްގައި ކޮލޮމްބޯގައި ހަރަކާތްތެރިވާ ބުޑިސްޓުގެ އެންމެ ބޮޑެތި ގުރޫޕުތަކުން ބައިވެރިވެ އެ ޕެޓިޝަންގައި ސޮއިކޮށްފައިވެއެވެ.

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގަމުންދާ އިރު އެކަމުގައި އިސްކޮށް ތިބީ މިޔަންމާގެ ބުޑިސްޓުންނެވެ.

ސްރީލަންކާގެ އާބާދީގެ 70 އަށް ވުރެ ބޮޑު ބައެއް ބުޑިސްޓުން ހިއްސާ ކުރެއެވެ.

ރޮހިންޖާ މުސްލިމުން އެރުވުމާ ދެކޮޅަށް ބުޑިސްޓުން ބޮޑު ޕެޓިޝަނެއްގައި ސޮއި ކުރަމުންދާއިރު އިންޑިއާގެ ބޯޑަރު މަތީ ހިސާބުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް ރޮހިންޖާ މުސްލިމުން ވަނަ ނުދިނުމަށް ފިޔަވަޅުއަޅަމުންދާ ކަމަށް ހަބަރުތައް ބުނެއެވެ.

މިދިޔަ އޮގަސްޓު މަހު މިޔަންމާގެ އަސްކަރިއްޔާއިން މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގަން ފެށި ފަހުން 370000އަށްވުރެ ގިނަ މީހުންވަނީ ބަންގުލަދޭޝަށް ވަދެފައެވެ. ބަންގަލަދޭޝްއިން އެމީހުން ބަލަހައްޓަމުންދިޔަ ނަމަވެސް އެޤައުމުގެ ޤާނޫން ހަދާ މަޖިލީހުން ވަނީ ރޮހިންޖާ މުސްލިމުން އެނބުރި މިޔަންމާއަށް ދާން ޖެހޭނެ ކަމަށް ފާސްކޮށްފައެވެ. އަދި ބަނގަލްދޭޝްއިން ވަނީ ރޮހިންޖާގެ މުސްލިމުންގެ މައްސަލަ ހައްލުކުރުމަކީ މިޔަންމާ ސަރުކާރަށް ކުރެވޭނެ ކަމެއްކަމަށާއި އެކަން އެގޮތައް އެކަން ކުރުމަށް ގޮވާލާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް