ކ. މާލެ
|
16 ސެޕްޓެންބަރ 2017 | ހޮނިހިރު 15:50
ހާދިސާއަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ
ހާދިސާއަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ
ގޫގުލް
އިނގިރޭސި ވިލާތް
ލަންޑަންގެ ރޭލް ހަމަލާއާ ގުޅިގެން ހައްޔަރު ކުރި ފުރަތަމަ މީހާ ހައްޔަރުކޮށްފި
 
ބޮން ގޮއްވުމުގެ ހާދިސާ އާއި ގުޅިގެން 31 މީހަކު ވަނީ ޒަޚަމްވެފައި

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ ހުޅަނގު ދެކުނު ސަރަހައްދުގެ ބިމު އަޑީ ރޭލު މަގު ނުވަތަ "ޓިއުބް" އިން ދަތުރުކުރި ރޭލެއްގައި ހުކުރު ދުވަހު ހެނދުނު ހިނގި ބޮން ގޮއްވުމުގެ ހާދިސާ އާއި ގުޅިގެން 18 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

"ޕާސަންސް ގްރީން" ރޭލު ސްޓޭޝަނުގައި ހިނގި ބޮން ގޮއްވުމުގެ ހާދިސާ އާއި ގުޅިގެން 31 މީހަކު ވަނީ ޒަޚަމްވެފައެވެ.

މިކަމާ ބެހޭ ގޮތުން އިނގިރޭސި ވިލާތުގެ މެޓްރޮޕޮލިޓަން ފުލުހުންގެ ޑެޕިއުޓީ އެސިސްޓަންޓް ކޮމިޝަނާ ނީލް ބަސޫ ވިދާޅުވީ ހައްޔަރު ކުރެވުނު މީހާ ހައްޔަރު ކުރެވުނު ކަމަކީ "ފާހަގަ ކުރެވޭ ކަމެއް ކަމަށާއި" ތަހުގީގަށް ލިބެމުންދާ ކުރިއެރުމާއި މެދު އުފާކުރައްވާ ކަމަށެވެ. ބަސޫ އިތުރަށް ވިދާޅުވީ ތަހުގީގު ދަނީ ބާރަށް ކުރިއަށް ކަމަށާއި އާންމުން ތިބެން ޖެހޭނީ ސަމާލުވެގެން ކަމަށެވެ. އަދި ހައްޔަރު ކުރެވުނު މީހާ ހައްޔަރު ކުރެވުމުން އިތުރު ކުރިއެެރުންތަކެއް ތަހުގީގަށް ލިބޭނެ ކަމަށެވެ.

"ޓިއުބް" އިން ދަތުރު ކުރި ރޭލެއްގައި ހުކުރު ދުވަހު ހެނދުނު ބޮން ގޮއްވި ހާދިސާ އާއި ގުޅިގެން އިނގިރޭސި ވިލާތުގެ ޓެރާ ތްރެޓް ލެވެލް، ކްރިޓިކަލް އަށް ވަނީ ޖައްސައިފައެވެ.

އިނގިރޭސި ފުލުހުން ބުނީ ހަަމަލާ އާއި ގުޅިގެން ހަތިޔާރު ހިފައިގެން ތިިބި 1000 އޮފިސަރުން ސަލާމަތީ ކަންކަން ބެލެހެެއްޓުމުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ގޮއްވާލަން އުޅުނު ބޮން ރަނގަޅަށް ގޮވާފައި ނުވެއެވެ. އެ ބޮން ފުރިހަމައަށް ގޮވި ނަމަ ރޭލުގެ އެ ކެރީޖް ގައި ތިބި އެންމެން މަރުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމަލާގެ ޒިންމާ ނަގާފައި ވަނީ އިސްލާމިކް ސްޓޭޓް އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް