ކ. މާލެ
|
15 ސެޕްޓެންބަރ 2017 | ހުކުރު 14:03
ހާދިސާއަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ
ހާދިސާއަށް ފަހު އޮފިޝަލުން ހަރަކާތްތެރި ވަނީ
ގޫގުލް
ލަންޑަން ހަމަލާ
ލަންޑަންގެ ރޭލް ހަމަލާ ތަހުގީގު ކުރަމުން ދަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި: ފުލުހުން
 
ހުކުރު ދުވަހު ހެނދުނު ގޮވީ އައިއީޑީއެއް
 
ހާދިސާ ހިނގީ ޕާސަންސް ގްރީން ސްޓޭޝަންގައި

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ ހުޅަނގު ދެކުނު ސަރަހައްދުގެ ބިމު އަޑީ ރޭލު މަގު ނުވަތަ "ޓިއުބް" އިން ދަތުރު ކުރި ރޭލެއްގައި ހުކުރު ދުވަހު ހެނދުނު ހިނގި ގޮވުން ތަހުގީގު ކުރަމުން ދަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަމަށް އިނގިރޭސި ފުލުހުން ބުނެފިއެވެ.

މިހާދިސާގައި 22 މީހަކު ޒަޚަމްވި ކަމަށް ރިޕޯޓުތައް ބުނާއިރު ހާދިސާ ހިނގަން ދިމާވި ސަބަބެއް އަދި ނޭނގެއެވެ.

އިނގިރޭސި ބޮޑު ވަޒީރު ތެރީސާ މޭ ވަނީ ހާދިސާގައި ޒަޚަމްވި މީހުންނަށް ހަމްދަރުދީ ފޮނުއްވާފައެވެ.

 ލަންޑަނުގެ މޭޔަރު ސާދިގު ހާން ވަނީ ހުރިހާ ފާާރާތްތަކުން ވެސް ހަމަޖެހުން އިސްކުރުމަށް ގޮވާލައްވާފައެވެ. އަދި ޓެރަރިޒަމަށް "ބިރުނުގަންނާނެ ކަމަށް" ވިދާޅުވެފައެވެ.

އިނގިރޭސި ފުލުހުން ބުނާގޮތުން ރޭލުގައި ގޮވީ އައިއީޑީ އެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް